އިންޖީނަކަށް މައްސަލައެއް ދިމާވެ އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ގިނަ ހިސާބުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތާ ގަޑިއެއް ހާއިރު ފަހުން މީހާރު ވަނީ އަލުން ކަރަންޓުގެ ޙިދުމަތް ލިބިފައެވެ.
ފެނަކަ އިން ހިންގާ އައްޑޫ މަރުކަޒީ އިންޖީނުގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ބުނި ގޮތުގައި ކަރަންޓު ކެޑުނީ އިންޖީނަކަށް ދިމާވި ޓެކްނިކަލް މައްސަލަ އަކާއި ގުޅިގެން ކަމަށާއި މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށެވެ.
އައްޑޫގެ އާބާދީގެ ބޮޑު ބައި ދިރިއުޅެމުން އަންނަ ހިތަދޫ، ފޭދޫ، މަރަދޫ، މަރަދޫފޭދޫ އަދި ސިނާއީ ރަށް ގަމަށް ކަރަންޓަށް ދެމުން އަންނަ އިންޖީނުތަކަށް ދޭތެރޭ ދޭތެރެއިން މައްސަލަތައް ދިމާވެގެން ކަރަންޓް ކަނޑާލުމަކީ ވަރަށް އާންމު ކަމެކެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކަ މިދިޔަ އަހަރުގެ ތެރޭގައި އައްޑު އަށް ގެނައި ދެ މެގަވޮޓްގެ އިންޖީނު ވަގުތީ ގޮތުން ކަމަށް ބުނެ ވަނީ މާލެ ގެންގޮސްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިންޖީނުތަައް މިހާރު ބޭނުން ކުރަމުން ދަނީ ހުޅުމާލޭ އިންޖީނުގޭގައެވެ.