Last Updated: November 24, 08:59
Sunday, November 24, 2024
ޚަބަރު

އިންސާފު ލިބިގަތުމަށް އަތޮޅުތަކުގެ ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހުންނަން އެބަޖެހޭ: އަލީ ނިޒާރު

އިންސާފު ލިބިގަތުމަށް އަތޮޅުތަކުގެ ރައްޔިތުންނަށް ވެސް ކޮންމެވެސް ފަސޭހަ ގޮތްތަކެއް ހުންނަން އެބަޖެހޭ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީފާ އާއި ބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކަށް ބަހުސްކުރައްވަމުން ނިޒާރު ވިދާޅުވީ އަތޮޅުތަކުގެ ރައްޔިތުންނަށް މާލޭގައި ހުންނަ އޮފީސްތަކުން ޚިދުމަތް ލިބިގަންނަން ދަތިތަކެއް އެބަހުރި ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އަތޮޅުތަކުގެ ރައްޔިތުންނަށް ދަތިތަކެއް އެބަހުރޭ މާލޭގައި ހުންނަ އޮފީސްތަކުން ބައެއް ފަހަރު ޚިދުމަތް ލިބިގަންނަން ދަތިތަކެއް ހުރިކަން އެންމެން ވެސް ޤަބޫލުކުރާ ކަމަށެވެ. ސިޔާސީ ޚިޔާލު ތަފާތުވުމުން ވަޒީފާއިން ވަކިކޮށް، އަނިޔާވެރިވަމުންދާ ތަނާއި، އަނިޔާ ލިބެމުންދާތަން އެބަފެންނަ ކަމަށެވެ.

"އަޅުގަނޑު ހަމަ ގެކައިރީ ކުއްޖަކު މިހާރުވެސް މާލެއަށް އައިސް 6 މަހަށް ވުރެ ގިނަ ދުވަސްވެއްޖެ، ވަޒީފާއިން؛ ފެނަކައިގެ ވަޒީފާއިން އެ ބޭފުޅާ މުޒާހިރާއަށް މާލެއަށް އައި ކަމަށް ޝައްކުކުރެވިގެން ވަޒީފާއިން ވަކިކުރި ކުއްޖަކު އޭނައަށް އިންސާފު ނުލިބިގެން 6 މަސްދުވަހަށް ވުރެން ގިނަ ދުވަސް ވެއްޖެ މާލޭގައި ހުންނަތާ"

ރައްޔިތުންނަށް އިންސާފު ހޯދުމަށް އުނދަގޫތަކެއް ހުންނައިރު، އެ އިންސާފު ލިބިގަތުމަށް މަޖުބޫރު އެބަކުރާ ކަމަށާއި އެކަމަށް ރއްޔިތުންގެ މަޖިލިސް ތެރެއިން މަގުފަހިކޮށްދޭން ޖެހޭ ކަމަށް ނިޒާރު ވިދާޅުވިއެވެ.