ފޭދޫ ބަނދަރު ސަރަހައްދުގައި އެމްޑީޕީން ހަދާފައިވާ ސްޓޭޖް މިއަދު އެމްއާރްޑީސީން ރޫޅާލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހެނދުނު ސްޓޭޖް ރޫޅާލާފައިވަނީ ފޭދޫ ބިން ހިއްކުމުގެ ރަސްމިއްޔާތު އެސަރަހައްދުގައި ބޭއްވުމަށެވެ.
އެމްޑީޕީގެ ފޭދޫ ދާއިރާގެ މެމްބަރުން ހަދާފައިވާ މި ސްޓޭޖްއަކީ އާއްމުކޮށް ފޭދޫގެ ހުރިހާ ރައްޔިތުންނަށް ބޭނުން ކުރެވޭނޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
ބިން ހިއްކުމުގެ ރަސްމިއްޔާތު ބޭއްވުމަށްކަމަށް ބުނެ ސްޓޭޖް ނަގާފައިވާ އިރު ފޭދޫ ޕީޕީއެމް އޮފީސް ކުރިމަތީ އޮންނަ ފަސްގަޑަކީ މީގެ ކުރިން ސަރުކާތުގެ ގިނަ ރަސްމިއްޔާތު ބާއްވާ ސަރަހައްދެވެ.