Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރު ފިލައިފި

ހިތަދޫ ހޮސްޕިޓަލުގެ ފާރުތަކުގައި އޮރިމަސް ވަކަރު ހަރުކުރުމުގެ މަސައްކަތް ކުރަނީ. އައްޑޫލައިވް ފޮޓޯ: ހުސައިން ޒަހީން

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން ދިޔަ ކަށީގެ ޑޮކްޓަރު ފިލައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ މަހެއްހާ ދުވަސް ކުރިން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އާއި ގުޅުނު ޑޮކްޓަރު ފިލައިގެން ގޮސްފައިވަނީ މީގެ ދެރޭ ކުރިންނެވެ.

ހޮސްޕިޓަލްގެ އޮފިޝަލަކު ބުނީ ކަށީގެ ޑޮކްޓަރު އޭނާގެ އަންހެނުންނާއި ކުދިން ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށާއި، އެމީހުން ފުރުވަން ދާން ބޭނުން ކަމަށް ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ޝާހް ސައީދު ގާތު ބުނި ކަމަށްވެއެވެ. ނަމަވެސް ޑޮކްޓަރު ދިޔައީ ޝާހް ހުއްދަ ދީގެން ކަމެއް ނުވަތަ ނޫންކަން އަދި ކަށަވަރެއް ނުވެއެވެ.

ކަށީގެ ޑޮކްޓަރު ނެތްކަން އެނގުނީ އޭނާ ޑިއުޓީއަަށް ނުނިކުމުންނެވެ، އަދި އޭނާގެ ހަބަރެއް ބެލުމަށް ހޮސްޕިޓަލުން މަސައްކަތް ކުރަމުން ދަނިކޮށް އެނގުނީ އޭނާ ރާއްޖެ ދޫކޮށް ފުރާފައިވާ ކަމަށެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ވެސް ހޮސްޕިޓަލްގެ ޑޮކްޓަރަކު ވަނީ ކުއްލި ގޮތަކަށް އިމެޖެންސީ ޗުއްޓީއެއް ނަގައި ފުރައިގެން ގޮސްފައެވެ.