އަނިޔާވެރި ގޮތަކަށް މަރާލުމަށް ފަހު އޮޅެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ފެނުނު ހިތަދޫގެ ވިޔަފާރިވެރިޔާ، އަލީ އަބްދުﷲގެ މަރުގެ މައްސަލައިގެ ތަހުގީގަށް އަނެއްކާވެސް އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، އަލީގެ މަރުގެ މައްސަލަ އާއި ގުޅިގެން 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
Addu City Hithadhoogai Meehaku Maruvi Massalaige Thuhumathugai 3 vana meehegge gothugai 20 aharuge Dhivehi Firihenaku miadhu Hayyarukoffi.
— Maldives Police (@PoliceMv) March 10, 2016
އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން އެކަކީ އަލީ އަށް ބޮޑުބޭބެ ކިޔާ މީހެއް ކަން ފާހަގަކޮށްލެވެއެވެ.
އަލީ މަރާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ފުލުހުންގެ ހާއްސަ ޓީމެއް މިހާރު އައްޑޫގައި އަންނަނި ހަރަކާތްތެރިވަމުންނެވެ.