ހިތަދޫ އަލައޮޅެއްގެ ތެރެއަށް މަރާލުމަށް ފަހު އެއްލާލާފައި އޮއްވައި ފެނުނު ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރާ ގުޅިގެން، ހަތަރު ވަނަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާ ހައްޔަރުކުރުމުން އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި މީހުންގެ އަދަދު 4 އަށް އެރީއެވެ.
އަލީގެ މަރުގެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ މިއަދު ވެސް ހިތަދޫގެ 2 ސަރަހައްދެއް ބަލާ ފާސްކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އަލީ އަށް ބޮޑުބޭބެ ކިޔާ މީހާ އަލަށް އިމާރާތް ކުރަމުން އަންނަ ގެއެއް ވެސް ހިމެނެއެވެ.