ޔުއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގައި ރޭގައި ކުޅުނު ދެ މެޗުވެސް 90 މިނެޓު ހަމަވެގެން ނިމިފައިވަނީ ލަނޑެއް ނުފެނިއެވެ.
މެންޗެސްޓާ ސިޓީ އަދި ޑައިނެމޯ ކިއެވް ބައްދަލުކުރި ފުރަތަމަ މެޗުގައި ސިޓީ ވަނީ 1-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެހެންކަމުން ރޭގައި ލަނޑެއް ނުޖެހި މެޗު ނިމުނު ކަމުގައިވިޔަސް އެގްރިގޭޓުގެ ގޮތުން އެމީހުން ވަނީ ކުއާޓާ އަށް ގޮސްފައެވެ.
އެތްލެޓިކޯ މެޑްރިޑް އަދި ޕީއެސްވީ އައިންދްހޯވެން ކުޅުނު ދެ ލެގު ވެސް ނިމިފައިވަނީ އެންމެ ގޯލެއްވެސް ކާމިޔާބު ނުކުރެވިއެވެ. އެހެންކަމުން ރޭގައި ޖެހުނީ ދެ ޓީމުންކުރެ ކުއާޓާ އަށް ދަނީ ކޮންޓީމެއްތޯ ބެލުމަށް އިތުރުވަގުގެ ދެ ހާފު ކުޅެ ޕެނަލްޓީ ޖަހާފައެވެ. އިތުރުވަގުތުގެ ދެހާފުގައިވެސް ލަނޑެއް ކާމިޔާބުނުކުރެވުމުން ޕެނަލްޓީއަށް ގޮސްފައިވީއިރު ޕެނަލްޓީވެސް ދިޔައީ ދާދި އެއްހަމައެއްގައެވެ.
ޕެނަލްޓީގައި އެތްލެޓިކޯ މޮޅުވެފައިވަނީ 8-7 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކޯގެ މެނޭޖަރު ޑިއޭގޯ ސިމިއޯނީ ވަނީ ސަޕޯޓަރުންގެ ސަޕޯޓަށް ޝުކުރުގެ ބަސްތައް ރައްދު ކޮށްފައެވެ.
ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް 16 ގެ ފަހު މެޗުތައް މިރޭ ކުޅޭއިރު މިރޭ އާސެނަލް ނިކުންނާނީ ބާސެލޯނާ އާ ދެކޮޅަށެވެ. ޔުވެންޓަސް ބެޔާން މިއުނިކް އާ ދެކޮޅަށް ނިކުންނަ އިރު ދެޓީމުގެ ފުރަތަމަ ލެގުގެ ނަތީޖާ ވަނީ 2-2 އިން ހަމަހަމަވެފައެވެ. ނަމަވެސް އެވޭ ގޯލުގެ ސަބަބުން އެޑްވާންޓޭޖް އޮތީ ބެޔާން އަށެވެ.
މިދެމެޗުވެސް ފެށޭނީ މިރޭ ދަންވަރު 12:45 ގައެވެ.