އައްޑޫގެ ބައެއް ފުލުހުން ދިރިއުޅޭ ގެތަކަށް ހަމަލާދީ އެކިވަރުގެ ގެއްލުންތަކެއް ދީފިއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުން މިހަމަލާތައް ދީފައިވަނީ ރޭގެ ވަގުތެއްގައި މަރަދޫއާއި މަރަދޫފޭދޫގައި ދިރިއުޅޭ ފުލުހުންގެ ގެތަކަށެވެ.
މިހަމަލާގައި 4 ގެއަކަށް އަމާޒުކޮށް، ގޭގެ ބިއްލޫރިތައް ތަޅައި ބޭރުގައި ތިބި ތަކެއްޗަށް ގެއްލުންދީފައިވެއެވެ.
މިމައްސަލަ މިހާރު ބަލަމުންދާކަމަށް ފުލުހުން މައުލޫމާތު ދީފައިވާއިރު އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ.
އައްޑޫ ސިޓީގައި ފުލުހުން ދިރިއުޅޭ ގެތަކަށް ހަމަލާދީފައިވާއިރު، މާލޭގެ ބައެއް ފުލުހުންނަށާއި އެބޭފުޅުންގެ އާއިލާއަށް ތަފާތު އިންޒާރުތައް ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ހުކުރު ދުވަހުގެ ރޭ މާލޭގެ ބައެއް ގޭގެއަށް ވަދެ މީހުންނަށް ހަމަލާ ދީފައިވާއިރު މަންޒަރު ދުށް ފަރާތްތަކުން ވަނީ ހަމަލާ ދިނީ ފުލުހުން ކަމަށް ތުހުމަތު ކޮށްފައެވެ. އިންޒާރުތައް ލިބެމުން އަންނަނީ އަދި ރޭގައި އައްޑޫ ސިޓީގެ ފުލުހުން ދިރިއުޅޭ ތަންތަނަށް ދިން ހަމަލާއާއި ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ ކަންތައްތަކާ ގުޅުމެއް ވާކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ހުކުރު ދުވަހުގެ ރޭ ހިންގި މާރާމާރީ އާ ގުޅިގެން 13 މީހަކު ހައްޔަރު ކުރި ނަމަވެސް މިހާރު އެ އެންމެން ވަނީ ދޫކޮށްލާފައެވެ.