Last Updated: November 25, 05:48
Monday, November 25, 2024
ޚަބަރު

ސަރުކާރުގެ ބައެއް ކަންކަމާއި ހިތްހަމަނުޖެހިގެން ހޯމް މިނިސްޓަރު އުމަރު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިއްޖެ !!

ސަރުކާރުގެ ބައެއް ކަންކަމާއިިމެދު ހިތްހަމަނުޖެހިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްތިއުފާ ދެއްވަން އުޅުއްވާ ކަމުގެ އަޑުތައް ފެތުރިިއްޖެއެވެ.

ދާދިފަހުން ހޯމް މިނިސްޓްރީ ވަގުތީގޮތުން ހިންގެވުން އާޒިމާ ޝުކޫރާއި ހަވާލުކުރިފަހުން މިނިސްޓަރު އުމަރު ނަސީރުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކުރެވިފައިވާ ކަމަށް މައުލޫމާތުލިބެއެވެ. އަދި މިނިސްޓްރީގެ ބޮޑެތިި ކަންކަން ނިންމެވުމުގައި އާޒިމާ ޝުކޫރުގެ ނުފޫޒުގަދަވުމުން މިނިސްޓަރު އުމަރު ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް ރައީސް ޔާމީން އަށް ޝަކުވާ އުފުލާފައެވެ.މިިގޮތުން މިނިސްޓްރީގެ ކަންކަން ނިންމަވަން އެހެންމީހުން ތިިބޭ އިރު މިނިސްޓަރެއްގެ ގޮތުގައި ދެމިހުރުމުގެ ބޭނުމެއް ނެތް ކަމަށް ވިދާޅުވެ ޝަކުވާ އުފުލާފައިިވެއެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރު އުމަރު މިހަފްތާތެރޭގައި މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އިސްތިއުފާގެ ސިޓީ ރައީސް އޮޮފީހަށް ފޮނުއްވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އިސްތިއުފާގެ ސިޓީ ހުށަހެޅުއްވިކަން ކަށަވަރުވާާ ގޮތެއް ނުވިއެވެ. އެނގިފައިވާގޮތުން އުމަރުގެ މިނިންމެވުމާއި ގުޅިގެން ރައީސް މައުމޫން ވަނީ އުމަރު އާ ބައްދަލުކޮށް ސަރުކާރުގައި ދެމިިހުރުމަށް އެދިލައްވައިި، އުމަރުގެ ނިންމެވުން ބަދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ.

މިނިސްޓަރު އުމަރު އާއި ރައީސް ޔާމީން ގެ ގުޅުން ރަނގަޅުނޫން ވާހަކައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަޝްހޫރު ވާހަކައެވެ. މީގެކުރިންވެސް މިނިސްޓަރު އުމަރު ނަސީރަށް ފުލުހުންގެ ތެރެއިން ވަކިިވަކި ފުލުހުންނަށް އަމުރު ނުކުރެވޭ ގޮތަށް ރައީސް ޔާމީން ވަނީ ބާރުތައް ހަނިކުރައްވާފައެވެ. ނަމަވެސް ފަހުން ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބު ހައްޔަރު ކުރުމާއި ގުޅިގެން ސަރުކާރުގެ ކަންތައްތަކުގައި އުމަރު އިސްކޮށް އުޅުއްވާތަން ފެނިފައިވެއެވެ. އެހެންނަމަވެސް މިދުވަސްކޮޅު ސަރުކާރު ދިިފާއު ކުރައްވައި އުމަރު ވާހަކަ ދެއްކެވުން މިވަނީ އަނެއްކާވެސް މަދުވެފައެވެ.

އައްޑޫލައިވް އަށް މައުލޫމާތު ލިބިފައިވާގޮތުން މިނިސްޓަރު އުމަރުގެ ހިތްހަމަނުޖެހުން ބޮޑުވެފައި މިވަނީ މިމަހު 18 ވަނަ ދުވަހުގެރޭ ހިނގި ހަމަނުޖެހުމާއި ގުޅިގެން އެސްއޯ ފުލުހުންނާއި މެދު ފިޔަވަޅުއެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީން އާޒިމާ ޝުކޫރަށް އިރުޝާދު ދެއްވުމާއި ގުޅިގެންނާއި ، ކުރީގެ ޑިފެންސް މިނިސްޓަރުގެ ޝަރީޢަތަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުން ދިއުމާއި ގުޅިގެންނެވެ.