Last Updated: November 24, 13:27
Sunday, November 24, 2024
ވިޔަފާރި

އުރީދޫގެ އާ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިފި

އުރީދޫ އެކްސްޕީރިއަންސް ސެންޓަރު ކުރިން ހިންގަމުން ދިޔަ ހ. ޝަބްނަމީ ބިލްޑިންގ އިން ގ. އަސްދޫ އަށް ބަދަލުކޮށް މުޅިން އާ ހިދުމަތްތަކާއި ރޭ ހުޅުވައިފި އެވެ.

ކުލަގަދަ ރަސްމިއްޔާތަކާއި އެކު ރޭ ހުޅުވި އެކްސްޕީރިއަންސް ސެންޓަރު ހުންނަނީ މާލޭ ސިޓީ ކައުންސިލް ކުރިން ހިންގި ބިއްލޫރިޖެހިގޭގެ ކުރިމަތިން މަޖީދީމަގުގައި ހުންނަ އިމާރާތުގައެވެ.

ދެ ބުރިއަށް ހަދާފައިވާ އެކްސްޕީރިއަންސް ސެންޓަރު ހުޅުވައިދެއްވީ އުރީދޫ މޯލްޑިވްސްގެ އެމްބެސެޑަރު އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އުރޫދީގެ ސީއީއޯ ވިކްރަމް ސިންހާ އެވެ.

ooredoo1

ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހު މެންދުރު ފަހު 2:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި ހުންނަ މި ސެންޓަރުން ތަފާތު އާ ހިދްމަތްތަކެއް ފޯރުކޮށްދޭނެ ކަމަށް އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވިއެވެ.

ނޫރާ ވިދާޅުވީ އަލަށް ހުޅުވި އެކްސްޕީރިއަންސް ސެންޓަރުގައި "ކުއިކް ކައުންޓާޒް"ގެ ނަމުގައި އާ ހިދުމަތެއް ތައާރަފް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެއްވެސް ކިއުއެއްގައި މަޑުކުރަން ނުޖެހި ރާސްޓަސް އެޅުމާއި ފޯނު ބިލްގެ ބެލެންސް ބަލާލުން ފަދަ ހިދުމަތްތައް ލިބިގެންދާނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

ooredoo

ނޫރާ ވިދާޅުވީ އާ އެކްސްޕީރިއަންސް ސެންޓަރުގައި ގާއިމް ކޮށްފައިވާ އެކްސްޕީރިއަންސް ޒޯނުން އުރީދޫގެ އެކި ހިދުމަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބޭނެ އެވެ. އެގޮތުން އުރީދޫ ލޮކޭޓް، މައިފައި އާއި ސެޓަލައިޓް ފޯނު އަދި އަލަށް ނުކުންނަށް ފޯނު ފަދަ ހިދުމަތްތައް ތަޖުރިބާ ކޮށްލަން ލިބޭނެ ކަމަށް ނޫރާ ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން އުރީދޫ ބިޒްނަސް، މޯބައިލް މަނީ، މޮބައިލް ނަމްބަރު ޕޯޓަބިލިޓީ ފަދަ ހިދުމަތްތައް ވެސް މި ސެންޓަރުން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އުރީދޫ ކަސްޓަމާ ލޯޔަލިޓީ ޕްރޮގްރާމް "އުރީދޫ ވެދުން" އިން ލިބޭ ޕޮއިންޓްތައް ރިޑީމް ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ.

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގައި އުރީދޫ ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ ލައުންޖެއް ވެސް ވަނީ ހުޅުވައިފަ އެވެ.

ރާއްޖޭގެ ގިނަ ބައެއްގެ މަގްބޫލްކަން ހޯދާފައިވާ އުރީދޫން ދަނީ ތަފާތު އާ ހިދްމަތްތައް ދިވެހިންނަށް ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާރުވެސް ހިލޭ ވައިބަރ ބޭނުން ކުރެވޭ އިންތިޒާމެއް އުރީދޫން ވަނީ ހަމަޖައްސާފައެވެ.

އަދި ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ މެސީ އާއި ބައްދަލު ކުރެވޭނެ ޕްރޮމޯޝަނެއްވެސް އުރީދޫން ވަނީ ފަށާފައެވެ.