ލިޔުންތެރިން ލިޔާއިރު ކޮންމެ މައުޟޫއަކަށް ލިޔުނުކަމުގައި ވިޔަސް އެލިޔުންތެރިއެއްގެ މަޤުޞަދެއް އޮންނާނެ އެވެ. އަދި އެލިޔަމުންދާ ދާއިރާއަށް އަދި އެލިޔާ މައުޟޫއަށް ލިޔުމުގެ ސިއްރެއްވެސް އޮންނާނެއެވެ.އެގޮތުން އަޅުގަނޑުވެސް ގަލަން
ނެގީ އެފަދަ މަޤުޞަދެއް އަޅުގަނޑުގެހިތުގެތެރޭގައި އުދާސް އުފައްދަމުންދާތީ އެވެ.
ހަޔާތުގައި ކުރިދަތުރު ކަނޑުގަދަވެ އަމާން އައްސޭރިއަކަށްނުދެވި ނައުބަންޑުންޖަހާލީ ގަދަ ކަނޑުގެ ތެރެއަށެވެ. ދަތުރުވެރިން
މާގިނަނޫންކަމުގައިވިޔަސް ބަންޑުންޖަހާލި ނައުގެ ރިޔަލުދަށުގައި 3މީހަކުވެ ގެނބި ލޮނުވެސް ބޮވުނެވެ. ނަމަވެސް އެހިސާބުން އަޅުގަނޑު ގެނބި ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެކަމުގެ އުއްމީދު ކުޑަވިއެވެ.
މާޔޫސްވެފައިވަނިކޮށް ގަނދަކަނޑުގެ ރާޅުތަކުން ނެއްޓުމަށް ކުރަމުންދިޔަމަސައްކަތް ކާމިޔާބުވެ ރަޙުމަތުގެ އައްސޭރިއަށް ދެވިއްޖެއެވެ. އަދި އެކަމަށް އެހީތެރިިވެދިން ފަރާތުގެ އޯގާތެރިކަމުން އަޅުގަނޑުނަގާ ކޮޅަށްޖަހާލިއެވެ.
އެހިސާބުން އަޅުނގަޑު މަސައްކަތްކުރީ އެނައު ކަނޑުމެދަށް ގެނބެންދިމާވި ސަބަބު ހޯދުމަށެވެ. އެއީ ދެވަނައަށް ފަށާދަތުރުގައި ދިމާވެދާނެ ހުރިހާ މައްސަލައަކާއި އެމައްސަލައެއްގެ ޙައްލުހޯދުމަށެވެ. ބަލިނުވަނީސް ފަރުވާކުރަނީ ކާކުބާވައެވެ. އެކަކުވެސް ނުހުންނާނެއެވެ.
ކުރީގެ ދަތުރާ މެދު ހިތަށްއެރީ ކުރީގެ ދަތުރުގެ ކައްޕިކަމުގެ ލައިސަންސް އޮތްކަމުގައިވީ ނަމަވެސް ކެޕްޓަން އެކަމަށް ތަސައްރަފު ނުފުދެނީބާވައެވެ. ނޫނީ ދަތުރުގެ ފަޅުވެރިޔާގެ މައްސަލައަކީބާވައޭ ހިތަށްއަރައެވެ. އެދަތުރުގައި އެންމެބޮޑެތި އަނިޔާތަކެއްލިބުނީ ރިޔަލުދަށުވި 3 ދަތުރުވެރިންނަށެވެ.
އާދެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި، އެކަމުގެ ހައްލުހޯދުމަށް ޝައުޤުވެރިވީ ހަޔާތުގެ ދަތުރުން ކުރަންޖެހުނު ހިތި ތަޖުރިބާއިންނެވެ. މިހުރިހާ މަސައްކަތެއް މިހާރު މިިކުރަމުން މިދަނީ އެފަދަ ކޮންމެ ދަތުރަކުން މީހުން ސަލާމަތްކުރެވޭތޯއެވެ. އަޅުގަނޑުގެ މަސައްކަތް ހުރިހާ ކިޔުންތެރިންވެސް ބަލައިގަންނާނެކަމަށް އުއްމީދުކުރަމެވެ.
ދުނިޔޭގައި އެއްވެސް ގެއެއް ނުވަތަ އެއްވެސް ދިރިއުޅުމެއްގައި ތަފާތު މައްސަލަތަކެއްނުވާ ގެއެއް ނުވަތަ ދިރިއުޅުމެއްނުވެއެވެ.
ދިރިއުޅުމެއްގައި ނުވަތަ ޢާއިލާއެއްގެ ތެރޭގައި އެއްވެސް މައްސަލައެއްނެތް ކަމަށް ބުނާ ނަމަ އެތަނުން ކޮންމެވެސް މީހަކު
ކަންތައްތަކެއް ފޮރުވާކަމަށްވާނެއެވެ. އުފާވެރި ދިރުއުޅުމެއް އަމިއްލަޒާތުގައި އުފެދެގެންނާންނާނެއެވެ. އެކަމަކީ ފުރިހަމަ
ރޭވުންތެރިކަމާއި ދުރުވިސްނުމުން ލިއްބައިދޭކަމެކެވެ. އެހެންގޮތަކަށް ބުނާނަމަ ގޯސްކަމެއްވެސް އަމިއްލަޒާތުގައި އުފެދިގެންނާންނާނެއެވެ.
މިކަމަށްޓަކައިވެސް މަސައްކަތް ކުރާނެ ކޮންމެވެސް މީހަކުހުރެއެވެ. އުފާވެރި ގެވެހިދިރިއުޅުމެއް ލާމެހިގެންވަނީ ދެމަފިރިންނާއެވެ. އެތަނުން އެކަކު މިކަމަކަށް ކިތަންމެވަރަކަށް އަތުކުރިއޮޅިޔަސް އެމަޤުޞަދު ޙާޞިލެއް ނުވާނެއެވެ. މިފޮތަކީ ޚާއްޞަގޮތަކަށް އަންހެންކަނބަލުންނަށް ލިޔެފައިވާ ފޮތަކަށްވާތީ މިފޮތް އެކުލަވާލާފައިމިވަނީ އުފާވެރި ގެވެހިދިރިއުޅުމަކަށް އަންހެނުން ސަމާލުު ކަން ދޭންޖެހޭނެ ކަންތައްތަކެވެ. މިކަން، ކާމިޔާބުގެ މަގަށްގެންދިއުމަށް ޢަމަލުކުރަންޖެހޭ މަދު އުޞޫލުތަަކެއްވާއިރު އެކަންބަޔާންކޮށްލީމެވެ. މިއުޞޫލުތަކަށް ވިސްނުންތެރި ކަމާއެކު ތިބާ ޢަމަލު ކޮށްފިނަމަ އިރާދަކުރެއްވިއްޔާ ތިބާގެ ދިރިއުޅުން ދުނިޔެމަތީގެ ސުވެރުގެ ފަދަ އުފާލިބިގެންވާ
ހަޔާތަކަށްވާނެއެވެ.
1. ފިރިހެނުންނަކީ ޖިންސީ އުފަލަށް އަދި އަންހެނުންނަކީ ރޮމޭންޓިކްކޮށް އުޅުމަށް ފެންބޮވައި ގެންފައިވާ ބައެއްކަން ދިރާސާތަކުން ހާމަވެއެވެ. ޖިންސީގޮތުން ފިރިހެނުންނަށް ލޯބިދިންވަރަކަށް ފިރިން އަބިންނަށް އޯގާތެރިކޮށްހިތައި ފުރިހަމައަށް ލޯބިދޭނެއެވެ. ވީމާ ފިރިންގެ ކަރުހިއްކުން އެންމެ ފުރިހަމަގޮތުގައި ފިލުވައިދޭށެވެ. އެކަމަށް ފުރަގަސްދޭނަމަ ފިރިންގެ އަމިއްލަނަފުސުގެ އަގު ވެއްޓޭކަމުގެ އިޙުސާސްކުރެވެއެވެ. މިކަން ތަކުރާރުވަމުންދާނަމަ ފިރިންގެ ޖިންސީއުފާވެރިކަމުގެ
އިޙުސާސްތައް ވަޅުޖަހަމުންދާނެއެވެ. ފިރިމީހާގެފަރާތުން ތިބާއަށްވެސް އެކަމުން ވަރަށް ހިތްއުފާކަންލިބޭކަން އަންގަންވާނެއެވެ. އެކަމާއި ތިބާ ކުރިމަތިލާންވާނީ ފޫހިކަމާއި ނަފުރަތުކަމެއްނެތިއެވެ.
ބައެއްއަނބިން ފިރިންނަށް އެލޯބިދެނީ ފިރިންނަށް ވެދެވޭ އިޙުސާން ތެރިކަމެއްކަމުގައި ދެކިގެންނެވެ. އެކަމަކީ އަނބިންނަށް ބޭނުންނުވާ އިހުސާސެއްކަން ދެއްކުމަށް ބައެއްއަންހެނުން މަސައްކަތްކުރެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ފިރިހެނުންނެކޭ އެއްފަދައިން އަންހެނުނަށްވެސް އެއިޙުސާސްތައް ފުރިހަމަ ކުރަން ބޭނުންވެއެވެ. ތަފާތަކީ ފިރިހެނުން އެކަމަށް ވަގުތުން ތައްޔާރުވާކަމެވެ. ނަމަވެސް އެކަމަށް ތައްޔާރުވުމަށް އަންހެނުންނަށް މަދުވެގެން ބައިގަޑިއެއްހާއިރު ބޭނުންވާނެއެވެ.
ތަފާތު ދިރާސާތަކުން ދައްކާގޮތުގައި ދިރިއުޅުމުގައިޖެހޭ ގިނަމައްސަލަތަކުގެ އަސްލަކަށްވެފައި އޮންނަނީ ޖިންސީ މައްސަލަތަކެވެ. އެހެނީ ފިރިމީހާ ބޭނުންވާރަށް އެއިޙުސާސް ފުރިހަމަނުވާ ނަމަ އަނބިމީހާގެ މައްޗަށްވާ ލޯބި ވަޅުޖަހަމުންދެއެވެ. އަދި ދެމަފިރިންގެ ދެމެދުގައި ދެބަސްވުމާއި ޒުވާބު ކުރެވެންފަށައެވެ. ޖިންސީ އުފަލޭ ބުނަނީ ހަމައެކަނި
އެއްދާންކުރުމެއްނޫނެވެ. އެނޫންވެސް އެތައްމަގެއް އެކަން ޙާޞިލްކުރުމަށްވެއެވެ. ކަމުގެ މާހިރުން ބަޔާން ކުރާގޮތުގައި ފިރިމީހާއަށް ލޯބިދިން ވަރަކަށް އޭނާގެ ފަރާތުން އަނބިމީހާއަށް ލިބޭ ލޯބިގަދަވާނެއެވެ. ކައިވެންޏަށްފަހު އާންމުގޮތެއްގައި ފިރިން ނާޖާއިޒު ގުޅުންތައް އެހެންއަންހެނުނާއެކު ހިންގަނީ އަނބިމީހާގެ ފަރާތުން ލިބެންޖެހޭ ހަމަޖެހުން ނުލިބޭތީކަމަށްވެއެވެ. ދެމަފިރިންގެ ދެމެދުގައި މައްސަލަަ ޖެހެމުން އަންނަކަމުގައި ވިޔަސް ދެމަފިރިންގެ ޖިންސީއުފަލަށް އެކަމާހުރެ ދުރުވުމުގެ ބަދަލުގައި އެކަންކަން ހަނދާންނައްތާލައި ޖިންސީ އުފާވެރިކަން ފުރިހަމަކުރުމަށް އަނބިމީހާ ސަމާލުުކަންދީފިނަމަ ޖެހެމުން އަންނަ މައްސަލަތައް ހައްލުކުރަންވަރަށް ފަސޭހަވެގެންދާނެއެވެ.
2. ފިރިންނަކީ ޢާއިލާގެ އެންމެ އިސްމީހާކަމުގައި އިސްލާމްދީން ވަނީ ކަނޑައަޅާފައެވެ. ޢާއިލާގެ ރައްކާތެރިކަމާއި ހިމާޔަތާއި ހުރިހާ ޒިންމާއެއް ފުރިހަމަކުރުމަށް އޭނާގެ ދުވާލާއި ރޭގަނޑު އެއްކޮށްލައެވެ. އެކަމަށްޓަކައި ޢާއިލާގެ ހުރިހާ މެންބަރުންވެސް އެވެރިޔާއަށް ( ފިރިމީހާ) ދޭންވާ ގަދަރާއި އިޙުތިރާމް ދޭންވާނެއެވެ. ވީމާ ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސްވެރިޔާކަން އަނބިމީހާގެ ހިތުގައި އަބަދުވެސް އޮންނަންވާނެއެވެ. ފިރިމީހާގެ މައިންބަފައިންނަކީ އަނބިމީހާގެވެސް މައިންބަފައިން ކަމުގައި ދެކެންވާނެއެވެ. މިފަދަ ކަންކަމަށް އަނބިމީހާ ފަރުވާތެރިކަމާއެކު ވިސްނާ ކުރިމަތިލައިފިނަމަ ގޭތެރޭގެ ޖެހޭމައްސަލަތައް
މުޅިންހެން ނެތިގެންދާނެއެވެ. ފިރިމީހާއަކީ އަނބިމީހާގެ ރަސްކަލެެއްކަމުގައިދެކޭނަމަ ފިރިމީހާ ދެކޭނީ އަނބީމީހާއީ އޭނާގެ ރާނީ
ކަމުގައެވެ. މިފަދަ ލޯތްބެއް ދެމީހުންގެ ދެމެދުގައި އުފެދިގެންދާނެއެވެ.
( ނުނިމޭ )