Last Updated: September 19, 05:57
Thursday, September 19, 2024
ޚަބަރު

"ސިއްހީ ފަނާރު" މާދަމާ ހިތަދޫގައި

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ބެޗްލަ އޮފް ނާސިން ހަދާ ދަރިވަރުން އިންތިޒާމުކޮށްގެން މާދަމާ "ސިއްހީ ފަނާރު" ގެ ނަމުގައި ހިތަދޫގައި ހާއްސަ ހަވީރެއް ބާއްވަން ނިންމައިފި އެވެ.

މި ހަވީރު އޮންނާނީ ހިތަދޫ ސައިދިއްޔާ ޕްރީ ސްކޫލް ކުރިމަތީގައި އޮންނާ ޕާކްގަ އެވެ.

ދިރާގުގެ އެހީތެރިކަމާ އެކު ބާއްވާ ހަރަކާތުގައި ސިއްހީ ތަފާތު މައުލޫމާތުތައް ދޭން ވަނީ ނިންމާފަ އެވެ.

އޭގެ ތެރޭގައި މަދިރިން ޖެހޭ ބަލިތަކާއި އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ކެންސަރާ ބެހޭ މައުލޫމާތު ދިނުމާއި ހަކުރު ބައްޔާއި ލޭގެ ޕްރެޝަރު ބަލައި ދިނުން ފަދަ ކަންކަން ވެސް ކުރިއަށް ދާނެ އެވެ.

ކުޑަކުދިންނަށް ވެސް ބައިވެރިވެވޭ ހާއްސަ ހަރަކާތްތަކާއި ހަދިޔާ ވެސް ލިބޭ ހަރަކާތްތަކާ އެކު ބާއްވާ "ސިއްހީ ފަނާރު" ކުރިއަށް ދާނީ މާދަމާ ހަވީރު 3:00-6:00 އަށެވެ.