ޒުވާނުންގެ މެދުގައި މަގުބޫލް ބުއިމެއް ކަމަށްވާ ޕަވަ ގޯލްޑުން ކުރިއަށް ގެންދާ ހާއްސަ ލަކީ ޑްރާއަކާ ގުޅޭ ހަރަކާތްތަކެއް އައްޑޫގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ހަރަކާތްތައް މިއަދު ފެށުމުގެ ގޮތުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި މައުލޫމާތު ދިނުމާ ބެހޭ ރޯޑް ޝޯއެއް މިއަދު ހަވީރު ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ލޮރީއެއްގައި މައުލުމާތުގެ ދިނުމުގެ މެސެޖްތަކެއް ދޭނެ އެވެ.
މީގެ އިތުރުން މިރޭ މަރަދޫގަައި ފުޓްސަލް މެޗްތަކެއް ކުޅެން ވެސް ވަނީ ނިންމާފަ އެވެ. އެއީ އަންހެން މެޗަަކާއި ފިރިހެން މެޗެކެވެ.
ޕޮއްކާގެ އުފެއްދުމެއް ކަމަށްވާ ޕަވަ ގޯލްޑުން ކުރިއަށް ގެންދާ ހަރަކާތްތަކާ ބެހޭ ގޮތުން ފޯސީން ޕްރައިވެޓް ލިމިޓެޑްގެ މެނެޖިން ޑިރެކްޓަރު ޝާމިން ހަބީބް މިއަދު "އައްޑޫ ލައިވް" އަށް ވިދާޅުވީ އައްޑޫގައި ބާއްވާ އިވެންޓްގެ މައިގަނޑު މަގުސަދަކީ ޕަވަ ގޯލްޑް ގަންނަ ފަރާތްތަަކަށް ލަކީ ޑްރޯއެއްގައި ބައިވެރިވެވޭ ޓޯކެން އަށް އެ ޑްރިންކް ގަންނަ އިރު ކަސްޓަމަަރުންނަށް ލިބޭކަން އަންގައި ދިނުން ކަމަަށެވެ.
އޭނާ ވިދާޅުވީ ޕަވަ ގޯލްޑް ވިއްކާ ނަމަ، އެއާ އެކު ގަންނަ ކޮންމެ ދަޅަކަށް ކޮއިނެއް ގޮތަށް އޮންނަ ޕްލާސްޓިކް ޓޯކެން ކަސްޓަމަރުންނަށް ލިބެން ޖެހޭނެ ކަަަމަށެވެ.
ނޫ ކުލަ، އޮރެންޖް ކުލަ އަދި ފެހި ކުލާގައި ހުންނަ އެ ޓޯކެން އެއް ކުރުމުން ލަކީ ޑްރޯގައި ބައިވެރިވާން ކޫޕަން ކަލެޓް ކުރަން ފޯސީން އިން ހަރަކާތްތަކެއް ކުރިއަށް ގެންދާނެ އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ހިންގާ ހަރަކާތްތަކުގައި ކޮންމެެވެސް ތިން ދިމާއެއްގައި ބޭސްވެގެން ތިބެ، ޓޯކެން އާ ބެހޭ މައުލޫމާތު ދީ، ޓޯކެން ކަލެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ،" ޝާމިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕަވަ ގޯލްޑް ގަންނަ ފަރާތްތަަކަށް މިހާރު ގިނަ ތަންތަނުން ޓޯކެން ދޫނުކުރާތީ، ޓޯކެންއެއް ދޫކުރާކަން ވެސް ބައެއް މީހުންނަށް ނޭނގޭ ކަމަށެެެވެ.
"އެހެންވެ އެކަން އަންގައދީ، އައްޑޫގެ ވެސް ވީހާ ވެސް ގިނ ބަޔަކު ގުރުއަތާ ހަމައަށް ގެންދިއުން މީގެ ބޭނުމަކީ،" ޝާމިން ވިދާޅުވި އެވެ.
މިހާރު މި ކުރިއަށް ގެންދާ ޕަވަ ގޯލްޑް ލަކީ ޑްރޯ ނަގަން ހަމަޖެހިފައި ވަނީ މި މަހު ފަހުކޮޅު މާލޭގަ އެެވެ.
ލަކީ ޑްރޯގެ އެއް ވަނަ އަށް 50،000ރ. ހުށަހަޅާފައިވާ އިރު، ދެވަނަ އަށް ދާ ފަރާތްކަށް ލަންކާ ދެކޮޅު ޓިކެޓް ލިބޭނެ އެވެ. އަދި އިތުރު 20 ފަރާތަކަށް 1،000ރ. ގެ އިނާމް ލިބޭނެ އެވެ.
ޝާމިން އަދި ވިދާޅުވީ ޕަވަ ގޯލްޑަަށް ހާއްސަކޮށްގެން މިހާރު ކުރިއަށް ގެންދާ ލަކީ ޑްރޯއަކީ މުޅި ރާއްޖެ އަށް ހުުވާލެވި އެއްޗެއް ނަމަވެސް، ކުރިއަށް އޮތް ތަނުގައި އާބާދީ ބޮޑެތި ސަރަހައްދުތަކުގެ ސީދާ ބޮޑެތި އިނާމްތަކެއް ލިބޭ ގޮތަށް ލަކީ ޑްރޯތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ޕަވަ ގޯލްޑް ލަކީ ޑްރޯއަކީ ހުއްޓުމެއް ނެތި އަބަދު ވެސް ކުރިއަށް ދާނެ ލަކީ ޑްރޯއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.