Last Updated: April 21, 17:56
Monday, April 21, 2025
ޚަބަރު

ދެ ބޭހެއް ވިއްކުން މަނާކޮށްފި

ރާއްޖެއަށް އެތެރެކޮށް ވިއްކާ ދެ ބޭހެއް އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓިން ވިއްކުން މަނާ ކުރޯ ރާއްޖެއަށް އެތެރެކޮށް ވިއްކުމުގެ ހުއްދަ އޮންނަ ބެޗް ނަމްބަރު 9060057 ގެ ސީފަޒޮލިން ސޯޑިއަމް 500 މިލިގްރާމްގެ އިންޖެކްޝަނާއި، ބެޗް ނަމްބަރު A4P026NS ސޯޑިއަމް ކްލޯރައިޑްގެ އިންޖެކްޝަނެވެ.

މީގެ އިތުރުން ބެޗް ނަމްބަރު 4262019 އިންޖެކްޝަން ކަށިވެސްވަނީ ވިއްކުމާއި ބޭނުންކުރުން މަނާކޮށްފަ އެވެ.

މި ތަކެތި ވިއްކުން މަނާކޮށްފައި ވަނީ ކުނޑި ނުވަތަ ޕްރިސިޕިޓޭޓް ހުންނަ ކަމަށް ފާހަގަ ކުރެވިފައިވާތީ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުންޏެވެ.