ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ ވަކީލުން މަސައްކަތް ކުރަމުން އަންނަ އޮފީސް ފަޅާލައި އެތަނުން ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފި އެވެ.
އަދީބް ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، މުސާ ސިރާޖު ވިދާޅުވީ އޮފީސް ފަޅާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި ލެޕްޓޮޕް ނޫން އެހެން އެއްޗެއް ވަގަށް ގެންދިޔަ ކަން އެގިފައި ނުވާކަ މަށެވެ.
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ އޮފީސް ފަޅާލައި ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ އިރު އަދީބްގެ މައްޗަށް ބޮޑެތި މައްސަލަތަކެއް ވަނީ ތުހުމަތުކޮށްފަ އެވެ.