ގައުމީ ޔުނިވަސިޓީން އައްޑޫގައި ގާއިމުކޮށްފައިވާ "ސިޓީ ބާޒާރު" ގައި ހަދާފައިވާ އިމާރާތުގެ ބައިތައް ކުއްޔަށް ދިނުމާއި އެކަމާ ގުޅޭ އުސޫލެއް ކަނޑައެޅުމަށް ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހާއި އައްޑޫ ސިޓީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
ހިތަދޫ ރޯޔަލް ޕާމް ރެސްޓޯރަންޓްގެ އަރިމަތިން އޮތް ބިމުގައި ހަދާފައިވާ ސިޓީ ބާޒާރު އިމާރާތުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.
އެހެންވެ އެތަންތަން އަމިއްލަ ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދަން ވަނީ ނިންމައިފަ އެވެ.
އެގޮތުން މިކަން ކުރިއަށް ގެންދާނެ ގޮތުގެ އުސޫލްތަކެއް ކަނޑައެޅުމަށް އެކުލަވައިލާ ކޮމިޓީގައި ކައުންސިލްގެ ހަތަރު ބޭފުޅަކާއި ކެމްޕަނުގެ ހަތަރު ބޭފުޅަކު ހިމަނަން ވަނީ ނިންމައިފަ އެވެ.
ދެ ފަރާތުން ކުރި މަޝްވަރާ އިން މިހާރު އަންނަ ސިޓީ ބާޒާރު ކުއްޔަށް ދިނުމާ ބެހޭ އުސޫލް އަންނަ ހޯމަ ދުވަހާ ހަމައަށް ނިންމަން އެއްބަސްވެފަ އެވެ.
ސިޓީ ބާޒާރު ކުއްޔަށް ދީގެން ލިބޭ އާމްދަނީގެ 51 ޕަަސެންޓް ކެމްޕަހަށް އަދި 49 ޕަސަންޓް ކައުންސިލަށް ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކައުންސިލުން އެތަނުން ލިބޭ އާމްދަނީ ކައުންސިލުން ބޭނުން ކުރާނީ އައްޑޫގެ ތައުލީމީ ކަންކަމަށް ކަމަށެވެ.
ސިޓީ ބާޒާރުގެ އިތުރުން ދެވަނަ ފިޔަވައްސެއްގެ ގޮތުން ސިޓީ ބުސްތާނެއް ވެސް ގާއިމު ކުރަން ވަނީ ނިންމައިފަ އެވެ. ޔުނިވަސިޓީން ބުނީ އެކަމަށް ބޭނުންވާ ފައިސާ ވެސް މިހާރު ހަމަޖެހިފައިވާ ކަމަަށެެވެ.
ސިޓީ ބުސްތާން ގާއިމު ކުރަނީ ހިތަދޫ ކެމްޕަސް އެކަކާ ދިމާލުން އޮތް ހުސް ބިމުގަ އެވެ. އެތަނުގައި ވެސް ވިޔަފާރިތަކަށް ހާއްސަ އިމާރާތްތަކެއް ހަދައި ކުއްޔަށް ދޭނެ އެެވެ.
މި ބިންތައް ޔުނިވަސިޓީ އަށް ހަމަޖައްސައި ދިނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.
ސިޓީ ބާާޒާރާއި ސިޓީ ބުސްތާން ގާއިމު ކުރުމުގެ އެމްއޯޔޫގައި ކައުންސިލާއި ޔުނިވަސިޓީ އާ ދެމެދު ސޮއި ކުރީ އެޕްރީލް 16، 2015 ގަ އެވެ.