Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އެސްއޯއެފުން ފަނޑިޔާރުންނަށް ފައިސާ ދިން: އުމަރު

އުމަރު ނަސީރު

އެމްއެމްޕީއާރްސީ ގެ ހިޔާނާތުގެ ފާއިސާ ޖަމާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް އިން ރާއްޖޭގެ ބައެއް ފަނޑިޔާރުންނަށް ފާއިސާ ދީފައިވާ ކަމަށް ބުނާ މައްސަލަ ތަހުގީގް ކުރުމުން އެއީ ހިގާފައިވާ ކަމެއްކަން ތަހުގީގަށް އެނގިފައިވާކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެ އެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ ތަހުގީގް ކުރުމަށް އަންގާފައިވަނީ އުމަރު ނަސީރުއެވެ. ނަމަވެސް އެސްއޯއެފް އިން ފަނޑިޔާރުންނަށް ފާއިސާ ދިން މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތް ކުރުމުން، ރައީސް ޔާމީން ވަނީ އުމަރު ނަސީރު އަށް ހުރަސް އަޅުއްވާފައި ކަމަށް ވެއެވެ.

"އައްޑޫ ލައިވް" އަށް މައުލޫމާތު ހިއްސާ ކުރި އުމަރުގެ ގާތް ރަހްމަތްތެރިއަކު ވިދާޅުވީ އެސްއޯއެފް އިން ފަނޑިޔާރުންނަށް ފާއިސާ ދިން މައްސަލަ ތަހުގީގު ކުރުމަށް މަސައްކަތް ކުރުމުން ރައީސް ޔާމީން މިހާރު އުމަރު "އެހެލާފައި" ވާކަމަށް އުމަރު ވިދާޅުވި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ކޮންމެ ދުވަހަކީ މިނިސްޓަރުގެ މަގާމުގައި ދެމިހުންނާނެ އެންމެ ފަހު ދުވަހުގެ ގޮތުގައި ދެކޭކަމަށް ވެސް އުމަރު ވިދާޅުވިކަމަށެވެ. ސަބަބަކީ މިފާއިސާ ފަނޑިޔާރުންނާ ހަމައަށް ދިޔަގޮތުގެ ތަހުގީގު އުމަރު ފުލުހުން މެދުވެރިކޮށް ކުރުވާފައިވަނީ ރައީސް ޔާމީންގެ ހުއްދަ ހޯދުމަކާއި ނުލައި ކަމުން އެކަމާ ރައީސް ޔާމީން ވަރަށް ކޯފާވެފައިވުމުންނެވެ.

މީގެކުރިންވެސް މިނިސްޓަރު އުމަރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި އިސްތިއުފާގެ ސިޓީ ރައީސް އޮޮފީހަށް ފޮނުއްވަން މަސައްކަތް ކުރެއްވިކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެނގިފައިވާގޮތުން އުމަރުގެ މިނިންމެވުން ބަދަލުކުރުމަށް ކުރިން ރައީސް މައުމޫން ވަނީ އުމަރު އާ ބައްދަލުކޮށް ސަރުކާރުގައި ދެމިިހުރުމަށް އެދިލައްވައިި، މަސައްކަތް ކުރައްވާފައެވެ.

މިނިސްޓަރު އުމަރު އާއި ރައީސް ޔާމީން ގެ ގުޅުން ރަނގަޅުނޫން ވާހަކައަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަޝްހޫރު ވާހަކައެވެ. މީގެކުރިން މިނިސްޓަރު އުމަރު ނަސީރަށް ފުލުހުންގެ ތެރެއިން ވަކިިވަކި ފުލުހުންނަށް އަމުރު ނުކުރެވޭ ގޮތަށް ރައީސް ޔާމީން ވަނީ ބާރުތައް ހަނިކުރައްވާފައެވެ. ނަމަވެސް ފަހުން ކުރީގެ ނާއިބް ރައީސް އަހްމަދު އަދީބު ހައްޔަރު ކުރުމާއި ގުޅިގެން ސަރުކާރުގެ ކަންތައްތަކުގައި އުމަރު އިސްކޮށް އުޅުއްވާތަން ފެނިފައިވެއެވެ. އެހެންނަމަވެސް މިދުވަސްކޮޅު ސަރުކާރު ދިިފާއު ކުރައްވައި އުމަރު ވާހަކަ ދެއްކެވުން މިވަނީ އަނެއްކާވެސް ވަރަށްބޮޑަށް މަދުވެފައެވެ