Last Updated: November 24, 05:46
Sunday, November 24, 2024
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ޕީޕީއެމް ކައުންސިލަރަކު ސަސްޕެންޑްކޮށްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޕީޕީއެމްއަށް ނިސްބަތްވާ ފުވައްމުލަކު ކައުންސިލަރަކު ސަސްޕެންޑް ކުރުމަށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ އެލްޖީއޭ އިން ސަސްޕެންޑްކޮށްފައި ވަނީ، ފުވައްމުލަކު ދޫނޑިގަން އަވަށުގެ ކައުންސިލަރ އަލީ ޝަޒީމް އެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ފަޅު ގޯއްޗެއްގެ ތެރެއަށް ވެއްދުމަށް ފަހު އެކުއްޖާ އަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ. އެ މައްސަލަ ފުލުހުން ތަހުގީގް ކުރުމަށް ފަހު އެލްޖީއެއް އަށް އަންގާފައި ވަނީ ޝަޒީމް އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަން ސާބިތުވާ ކަމަށެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ކައުންސިލަރ ސަސްޕެންޑް ކުރުމަށް ނިންމީ މިދިޔަ އަހަރު ކުޑައަންހެން ކުއްޖަކާއެކު ފަޅު ގެއެއްގެ ތެރޭގައި ޝަޒީމް ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަހުގީގަށް އެނގި އެކަން އެފަރާތަށް އެންގުމުންނެވެ.

އަލީ ޝަޒީމް މުހައްމަދުގެ މުސާރަ އާއި އިނާޔަތްތައް ތިން މަސްދުވަހަށް ހިފެހެއްޓުމަށް އެލްޖީއޭ އިން ވަނީ ދޫނޑިގަން ކައުންސިލްގެ ރައީސް އަށް ވަނީ އަންގަވާފައެވެ.