Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ނޫސްވެރިންގެ ހިނގާލުމަށް ފުރުސަތެއް ނެތް: ފުލުހުން

ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލައި "ހަމަ ހިމޭން ހިނގާލުން" ގެ ނަމުގައި މިއަދު ހަވީރު ބާއްވާ ހިނގާލުމަށް ފުރުސަތެއް ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު ހަވީރު 4:30 ގައި ނޫސްވެރިން ބާއްވާ ހިނގާލުމެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ސިޓީއަކުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަންގާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އާންމު ރައްޔިތުން ބޭނުން ކުރާ މަގުތަކުގައި މުޒާހަރާކޮށް، އެއްވުންތައް ބާއްވާ ނަމަ ކުރިން ފުލުހުންނަށް އަންގަން ވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހާލަތުގައި މަގުމަތީގައި އެއްވެސް ބަޔަކަށް މުޒާހަރާ އަދި ހިނގާލުންތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ.

tyui

އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ މި މުޒާހަރާއަކީ ރާއްޖޭގެ ހުރިހާ މީޑިއާތަކުގެ ނޫސްވެރިން ބައިވެރި ވާނެ ހަރަކާތެއް ކަމަށް ވެސް ހިނގާލުން އިންތިޒާމް ކުރާ ފަރާތުން ބުންޏެވެ.

ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ނޫސް، "ހަވީރު" ހުއްޓާލުމާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި ނޫސްވެރިން މިދިޔަ އާދީއްތަ ދުވަހު އިހްތިޖާޖު ކުރުމުން 16 ނޫސްވެރިއަކު ވެސް ހައްޔަރު ވެސް ކުރި އެވެ.

އަދި ރާއްޖޭގެ ޓީވީގެ ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާ އުފުލައި މިހާރު ވަނީ ކޯޓަށް ހާޒިރު ވާން ޗިޓް ވެސް ފޮނުވައިފަ އެެވެ.