Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

އދ. ގެ ހާއްސަ މަންދޫބެއް އަންނަ ހަފުތާގައި ރާއްޖެ އަށް

ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް މަގުފަހި ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުމަށް އދ ގެ ހާއްސަ މަންދޫބެއް މި މަހުގެ 17 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާ ގޮތަޑް ހަމަޖެހިއްޖެ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު "އައްޑޫ ލައިވް" އަށް މައުލޫމާތު ދެމުން ވިދާޅީ، 17 ވަނަ ދުވަހު ވަޑައިގަންނަވާ މަންދޫބު ރާއްޖޭގެ ސިޔާސީ ޕާޓީ ތަކާއި އެކު ވަކި ބައްދަލުވުންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ފެށުމަށް ހުރި ހުރަސްތަކަކީ ކޮބައިކަން ބަލާ އެކަން އޮޅުން ފިލުވައި، މަޝްވަރާތަކަށް އެހީތެރިވުމަށް ބާއްވާ ބައްދަލުވުންތަކެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އެނގިފައިވާ ގޮތުން އޭގެ ފަހުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރުމަށް އދ ގެ ހާއްސަ މަންދޫބެއް ހަމަޖެހިގެން ދާނެ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތައް މެދުގައި ކުރުމަށް ހަމަޖެހިފައިވާ މަޝްވަރާތަކާއި ފޮރިން މިނިސްޓްރީން މިހާރު ހިންގަމުންދާ ޑިޕްލޮމެޓިކް ހަރަކާތްތަކަކީ ރާއްޖެ ސީމެގް އެޖެންޑާގައި ނުހިމަނައި ވޭތޯ ކުރަމުންދާ މަސައްކަތްތަކެވެ.

ނަމަވެސް މި މަސައްކަތްތަކުގައި ވަރަށް ދެކޮޅު ނުޖެހޭ ކަންތައްތަކެއް ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިކަމުގެ މައިގަނޑު ސަބަބަކީ ފޮރިން މިނިސްޓަރު ދުންޔާގެ ނާގާބިލްކަން ކަމަށް ދޭހަވާ ގޮތަށް އެ އޮފިޝަލް ވާހަކަ ދެއްކެވި އެވެ. އަދި ކިރިޔާވެސް ސަރުކާރަށް ހަމަ ނޭވާއެއް ލެވެމުން މިދަނީ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރުގެ މަސައްކަތުން ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރު ދިފާއު ކުރުމަށްޓަކައި އާޒިމާ ޝަކޫރު ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުން ދާއިރު، އެކަމަނާގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ސުއޫދުގެ ފޯން ކޯލުތައްް ސަރުކާރުން އަޑުއަހައި ފާރަލަމުންދާކަން ވަނީ އެނގިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކޯޓު އަމުރެއްގެ ދަށުން ހުސްނުއްސުއޫދާއި، އާޒިމާ ޝަކޫރާއި، މުހައްމަދު ޝަހީމް އަލީ ސައީދުގެ ފޯން ކޯލުތައް އަޑު އަހާ އުޅޭ ނޫޅޭ ގޮތް ބަލަމުން ދަނީ ބޭރުގެ ބަޔަކާއި ގުޅިގެން ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ބަދަލު ކުރަން އުޅޭ ކަމުގެ ތުހުމަތުގަ އެވެ.