Last Updated: November 23, 21:59
Saturday, November 23, 2024
ވިޔަފާރި

ޖައުސާ އިން ވިއްކާ ގިނަ ތަކެތި މަލްޓި ސްޓޯރަށް

ޖައުސާ ކުންފުނި (ޖައުސާ ސިރަކިމް ސިޓީ) އިން ވިއްކާ ގިނަ ބްރޭންޑްތަކުގެ މުދާ މާލެއެކޭ އެއްގޮތަށް އައްޑޫން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

އެގޮތުން ޖައުސާގެ އެކްސްކްލޫސިވް ޑީލަ/ ޕާރޓްނަރ އެއްގެގޮތުގައި ހިތަދޫ "މަލްޓި ސްޓޯރު" ކަނޑައަޅައި، ޖައުސާގެ އަމިއްލަ ބްރޭންޑްތައް ކަމުގައިވާ ލަންކާ ޓައިލްސް، އެމެރިކަން ސްޓޭންޑަޑް، އަދި ސްވިސްޓެކް ފަދަ ދުނިޔޭގެ ނަން މަޝްހޫރު އަދި ދިވެހިންގެ މެދުގައި ވެސް މަޤްބޫލުކަން ބޮޑު މިތަކެތި ލިބޭނެ ގޮތް ވަނީ ހަދާ ދީފަ އެވެ.

ޖައުސާގެ މީޑިއާ އޮފިޝަލަކު އެތަނުގެ ޗެއަރމަން ޖައުފަރު ޢީސާ އާއި ހަވާލާދެއްވައި ވިދާޅުވީ، ގެދޮރު ހެދުމަށް ބޭނުންވާ ތަށިމުއްޓާއި ފާޚާނާ ތަށި ފަދަ ސާމާނު ތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ބޭނުން ހިފެން ޖެހޭ ތަކެތި ކަމަށާއި ފާއިތުވެދިޔަ ތަނުގައި ޖައުސާއިން ވާނީ އެކަމުގައި އެންމެހާ ދިވެހި ރައްޔިތުންނަށް އެ ޔަޤީންކަމާއި އިތުބާރު އަރުވާފައި ކަމަށެވެ.

އެމެރިކަން ސްޓޭންޑަޑް އަދި ލަންކާ ޓައިލްސް

އިތުރަށް ވިދާޅުވި ގޮތުގައި ޖައުސާ ކުންފުނީގެ މަޤްސަދަކީ މަލްޓި ސްޓޯރ ފަދަ އައްޑު އަތޮޅުގެ އެންމެން ދަންނަ ވިޔަފާރިއަކާއި ގުޅިގެން އައްޑު އަތޮޅުގެ ރައްޔިތުންނަށް ފަސޭހަ ކަމާއި އެކު މިތަކެތި ލިބުން ކަމަށެވެ.

މަލްޓި ސްޓޯރު ގެ ފަރާތުން މަޢްލޫމާތު ދެއްވަމުން އެތަނުގެ މާކެޓިން އޮފިސާރ ޖަފުނާ ޢާލީ ހާމަ ކުރެއްވިގޮތުގައި "އެމެރިކަން ސްޓޭންޑަޑް" ފަދަ ބްރޭންތަކަކީ ޒަމާނުއްސުރެ މިއަދާއި ހަމަޔަށް އައްޑޫ އަތޮޅުގެ ގިނަ މީހުން ބޭނުން ކުރަމުން އައި ބްރޭންޑްތަކެއް ކަމަށެވެ.

އަދި މިހާރު މިކުރެވޭ މަސައްކަތުން ކަސްޓަމަރުންނަށް، މިގަނެވޭ ޕްރޮޑަކްތަކަކީ "އޮރިޖިނަލް" އަދި ފެންވަރު ރަނގަޅު ޕްރޮޑަކްޓްތަކެއް ކަން ޔަގީން ކުރެވިގެންދާ ކަމަށް ވެސް މަލްޓި ސްޓޯރުން ބުންނެވެ.

އެމެރިކަން ސްޓޭންޑަޑް އަދި ލަންކާ ޓައިލްސް

މަލްޓި ސްޓޯރ އިން މިހާރު ލިބެން ހުރި، އެމެރިކަން-ސްޓޭންޑަޑް މަރުކާގެ ބާވަތް ތަކުގެ ތެރޭގައި ފާޚާނާ ތަށި، މޫނު ދޮންނަ ތަށި، ފެން އިސްކުރު، ޝަވަރ ސެޓް، ރެއިން ޝަވަރ، ޓޮއިލެޓް މިރަރ ފަދަ ފާޚާނާގެ ޒީނަތްތެރިކަމަށް ބޭނުންވާނެ ގިނަ ސާމާނު ހިމެނެއެވެ.

އަދި މި ރޭންޖްގެ ފާޚާނާ ތަށިތަގެ ޚާއްސަކަމެއްގެ ގޮތުގައި ވަރުގަދަ އެންޓި-ބެކްޓީރިއަލް ފީޗާރ އެއް ހިމެނުމާއި، ޢާއްމު ގޮތެއްގައި ގޭތެރޭގައި ބޭނުންކުރާ ޑިޓާރޖެންޓްތައް ބޭނުން ކުރުމަކުން މިފަށަލައިގެ ދިރުމަކަށް ބަދަލެއް ނައުން ހިމެނެ އެވެ.

މިހާރު ލިބެން ހުރި މިރޭންޖްގެ ތަށިތަކުގެ އަގުތައް ހުރީ ޢާއްމު ގޮތެއްގައި 2،500-7،500ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.

މީގެ އިތުރުން "ސްވިސްޓެކް" ބްރޭންޑް ގެ ޓައިލް-އެދެސިވް (ތަށިމުށި ޖަހާ ސިމެންޓް) އަކީ ވެސް ފެންވަރު ރަނގަޅު ޕްރޮޑަކްޓެއް ކަމަށެވެ.

ސްވިސްޓެކް ބޭނުން ކުރުމުން ބޮޑެތި ސައިޒްތަކުގެ ތަށިމުށި ނުނައްޓާ ތާއަބަދަށް ހިފެހެއްޓޭނެ ކަމަށެވެ.

މީގެ 25 ކިލޯ ކޮތަޅެއްގެ އަގު ހުރީ 235ރ. އަށެވެ.

ޓައިލްސް އަދި ފާޚާނާ ތަށި ފަދަ ތަކެތި، ގެއާއި ހަމަޔަށް ގެންގޮސް ދިނުމުގެ ޚިދުމަތް ވެސް މަލްޓި ސްޓޯރުން އަންނަނީ ފޯރުކޮށް ދެމުންނެވެ.