ހިތަދޫގެ އުތުރާއި ދެކުނުގައި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ޑިޒައިންކޮށް ދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މެއި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ބީލަމުގައި ބައިވެރިވުމަށް ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500ރ. ދައްކަމް ޖެހެ އެވެ. ފައިސާ ބަލައި ގަންނާނީ މި މަހުގެ 13 އިން އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށެވެ.
ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 550،000ރ. ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ފިނޭންސުން ބުންޏެވެ. އަދި ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.
ޕާފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަން ޖެހެނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ ޕަސަންޓް އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެ އެވެ.
މި މަޝްރޫއުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ހެނދުނު 11:00 ގައި، ފިނޭންސް މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގަ އެވެ.