Last Updated: April 21, 15:19
Monday, April 21, 2025
ސިޔާސީ

މަޝްވަރާ އަށް ދާނީ ސިޔާސީ ލީޑަރުން ދޫކުރުމުން: އެމްޑީޕީ

ރާއްޖޭގެހައްޔަރުކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ދޫކޮށްނުލަނީސް ސަރުކާރާ އެކު އެމްޑީޕީން މަަޝްވަރާ އަށް ނުދާނެ ކަމަށް ކޮމަންވެލްތްގެ ޑެޕިއުޓީ ސެކެޓަރީ ޖެނެރެލް ޑރ. ޖޯސެފީން އޮޖިއާންބޯ އަށް އެ ޕާޓީން ދަންނަވައިފި އެވެ.

އޭނާ އާ އެކު އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި އެ ޕާޓީން ބުނީ ރާއްޖެ މިއަދު ވެއްޓިފައިވާ ނުރައްކާތެރި ޙާލަތުން މިންޖުވުމަށް ސަރުކާރު ހިމެނިގެން ސިޔާސީ ފަރާތްތަކާއެކު މަޝްވަރާކުރުމަށް އެމްޑީޕީން އަބަދުވެސް ތާޢީދު ކުރި ނަމަވެސް، އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެތައް ބަޔަކު ސިޔާސީ ބޭނުމަށް ހައްޔަރުކޮށް، ބޭއިންސާފުން ޝަރީޢަތް ހިންގައި ޖަލަށްލާފައިވާތީ އެ ޕާޓީން ސަރުކާރާ އެކު މަަޝްވަރާ އަށް ނުދާނެ ކަމަށެވެ.

އެމްޑީޕީން ބުނީ އިދިކޮޅު ސިޔާސީ ލީޑަރުންނާއި ސަރުކާރުން އެދޭ ގޮތަށް ދިވެހިރާއްޖޭގެ ޤާނޫނު އަަސާސީއާއި ބައިނަލްއަޤްވާމީ މުޢާޙަދާތަކާ ކަނޑައެޅިގެން ޚިލާފަށް ޝަރީޢަތް ހިންގައި ޖަލަށްލާފައިވާ ސިޔާސީ ލީޑަރުން މިނިވަން ނުކޮށް އިތުބާރު އޮތް މާޙައުލެއް ޤާއިމު ނުކުރެވޭނެ ކަމަށެވެ.

އެހެންވެ މިފަދަ މާޙައުލެއް ޤާއިމު ކުރެވޭނީ ހައްޔަރު ކުރެވިފައިވާ ނުވަތަ ބޭއިންސާފު ޝާރީޢަތް ހިންގަައި ޖަލަށްލާފައިވާ ސިޔާސީ ވެރިން އެއްވެސް ޝަރުތެއްނެތި މިނިވަންކޮށްގެން ކަމަށް ބުންޏެވެ.