"ހަވީރު" ނޫހާއި އެ ނޫހުގެ އޮންލައިންގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ މައްސަަތަކާ ގުޅިގެން، ސިވިލް ކޯޓްގައި މިއަދު އޮތް ޝަރީއަތުގައި އެ މައްސަލައިގެ ތެރެއަށް ހަވީރު މީޑިއާ ގްރޫޕް (އެޗްއެމްޖީ) ތަހައްދުލްވެފައި ވަނިކޮށް، ހަވީރު އޮޑިޓް ކުރަން ސިވިލް ކޯޓުން މިއަދު އަންގައިފި އެވެ.
ސިވިލް ކޯޓްގައި މިއަދު ފެށި މައްސަލައަށް ހަވީރު ތަހަައްދުލްވި އިރު މި ޝަރީއަތަށް ހަވީރުގެ އެއް ހިއްސާދާރު ކަމަށް ބުނާ މުހައްމަދު ނައީމް ތަދުއްހުލުވީ އެ ނޫހުގެ 50 ޕަސަންޓް ހިއްސާ އަަށް ދައުވާ ކުރާ އަބްދުﷲ ފާރޫގް ހަސަނާއި އިބްރާހިމް ރަޝީދު މޫސާ ބޭނުންވާ ގޮތަށް ހިއްސާގެ ކަންކަން ގެންދިއުމަށެވެ.
އަޑު އެހުމުގައި ޒާހިރު ހުސެއިނާއި އެޗްއެމްޖީގެ ވަކީލް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވައިފަ އެވެ. އެ ސުވާލުތައް ކޮށްފައިވަނީ ހަވީރު ނޫހާއި އޮންލައިން އަދި މުވައްޒަފުންނާ ގުޅޭ ގޮތުންނެވެ.
ސުވާލުތަކަށް ޖަވާބު ދެއްވަމުން މައްސަލަ ހުށަހެޅި ތިން ހިއްސާދާރުންގެ ވަކީލު ވަކީލް ވިދާޅުވީ، އެ މައުލޫމާތުތަކަކީ ޒާހިރަށް އެކަނި އެނގޭ މައުލޫމާތުތަކެއް ކަމަށާއި އެ މައުލޫމާތު ތިން ހިއްސާދާރުން ސާފުކޮށް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
މި މައްސަލާގައި ގާޒީ ވިދާޅުވީ ހަތަރު ހިއްސާދާރުން މަޝްވަރާ ކުރުމަށް ފަހު ހަވީރު އޮޑިޓް ކުރުމަށް އަންގަަވައިފަ އެވެ.
އެެހެންވެ އޮޑިޓް ކުރާނެ ފާމެއް ނިންމައި އެކަން ޝަރީއަތަށް ހުށަހެޅުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ.
ގާޒީ އަދި ވިދާޅުވީ އޮޑިޓާ ގުޅޭ ގޮތުން ހިއްސާދާރުން ގޮތެއް ނިންމައިފިނަމަ ދެން އޮންނަ މަޖިލީހެއްގައި ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ކަމަަށެވެ.
މި މައްސަލައިގެ އަޑު އެހުމެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.