އަދަ ދިވެހިރާއްދޭ ފާހަގަ ކެރަމުން މިއޭ ދިވެހި ބަހުގެ ދުވެހި ތަހުނިޔާ އައްޑޫ އަށް ނިސްބަތްވޭ ހުށިހެއި އެންމެންނަށް ކެން.
ދިވެހި ބަސް ފުރިހަމަ އަދި މުޅު ބަހަކަށް ވީ ސަބަބުތަކި އެތެރެ މި ބަހި ހިމެނޭ އެކި ބަހުރުވަތަކަށަސް އިސްކަން ދޭއް ޖެހެއި. ޚާއްސަ ގޮތަކި އަފިރިން އައްޑޫ ރައްޔިތުން ވާހަކަ މި ދައްކާ އައްޑޫ ބަހުރުވަ އަކީ، ވަރަށް ފުރިހަމަ ބަހުރުވައަށް.
އަފިރިންގެ އެތެރުން އެއްބެއި މީހުން ޒަމާނީ ވެގެން ގޮސް، އެވެރިންގެ ކުދިންނާއި އަސް ވާހަކަ ދައްކަނީ ރަސްމީ ދިވެހި ބަހުން. ބައެއް މީހުންނަށް ވިސްނިފެއި އޮންނެ ގޮތެ އައްޑޫ ބަހުރުވައިން އެ ކޮއްޔާއި ވާހަކަ ދައްކަލީ ފެހޭ އެކޮއްޔާއަށް ރިވެތިކޮށް ވާހަކަ ދައްކާއް ނިއެނގޭހެއް.
މީގެ އިތިރައް ބައެއް މީހުން ރަށުން ބޭރެ ދުވަސް ކެޑަކަށް ވޭޑެނެމެއި، އައްޑޫ ބަހުރުވަ މަތިން ފޫހިވެ މިޅިން ދިވެހި ބަހުން ވާހަކަ ދައްކާއް ފައްޓަގަނުތާ.
މިކަންތެތި މެހެން ހިށި ކަމަކި ފަޚުރުވެރިކަމާއި އެއްކޮށް ބެނަލާއް ޖެހެނީ، އައްޑޫ އަށް ނިސްބަތްވޭ ގިނަ މީހުންނަކީ އެވެރިން ކޮންމި ތާކި ތިބިޔަސް އައްޑޫ ބަހުރުވައިން ވާހަކަ ދައްކާއް ފަސްޖެހޭ ބާކިން ނުންކަން.
އަބަދަށަސް އަޑަ މިއިވެނީ އަފިރިން އެންމެން ދިވެހި ބަސް ކުރިއަރުވާ ވާހަކަ ދައްކާ އަޑަ. އެކަމަކި، އައްޑޫ ބަހުރުވަ ކުރިއަރުވާއް ވާހަކަ ދައްކާ އަޑަ މިވެނީ ވަރަށް މަޑަ ވެފެއި. އަފިރިން ތެބެ ޖެހެއި އެކެއްތައް ކޭގެން ނުކުމި މިކަން ކެރާއް.
އެކަން ކެރާއް މައި ސަރުކާރުން އެއްބާރަލުމަށް ނިދިނަސް ސިޓީ ކައުންސިލާއި ވާހަކަ ދައްކަގެނަސް މިކަން ކެރާއް ތެބެވެއި. އެހެން ނިވީފެހޭ އަމެއްލާއް އިސްނާގެނަސް މިކަން ކެރާއް ތެބެވެއި. މީ އަފިރިން އައްޑޫ ކޮންމި މީހަކާ ބޮލެ އެޑިފެއި އޮތް ޒިންމާއަށް. އައްޑޫ ބަހުރުވަ ކުރިއަރުވާއް ކެރާއްޖެހޭ މަސައްކަތް ފަހަރަކި ވަރަށް ގިނަ ވެފޭހެއް.
އެކަމަކި މައް ކޮންކަމައް ތައު ކޭފެއި ނިތިބެ ކޮންމިއެސް ބާކިން އިސްނާގެން މިކަން ފައްޓާއް ތެބެވެއި. އެނުން ފެހޭ މީގެ އަހަރަތަކަށް ފަހުން އަފިރިންގެ މި ފަޚުރުވެރި ބަސް ނެތިގެން ގެއުމަކީ ހަމަ އެކަށީގެންވޭ ކަމަށް.
ދިވެހި ބަހުގެ ދުވަހަށް ފާހަގަކެރާކޯ ތެބެ ޖެހެއި މި ބަހި ހިމެނޭ، ތަފާތު އެކި ބަހުރުވަ ތަކަށަސް އިސްކަންދޭއް. ހުވަދޫ ބަހާއި މޮލަކި ބަހަސް ވާހަކަ.
ފަވަރަމަތިން މީހަކާ ވެއްޓިޔޭށިއު ބެނުމުގެ ބަދަލި އަފިރިން އަސްލު އައްޑޫ ބަހުރުވައި އޮންނެ ލެކަށް ފަވަރަމަތިން އިންޏޭށިއައު ބެނާއް ތަބެވެއި.
ސައިކަލާ އިސްޓާޓް ނިވިއައު ނިކޭއި، މޮޓަރާ ރޯނިވިއައު ކޭއް ވެނީ. ފިނިވެގެން ގައި އެޑާނެ ރަޖާގަނޑަށް ނެއްތައު ނިއަހައި، ގައި އެޑާނެ ބަނާތައް ނެއްތައު ބެނާއް ތެބެވެއި.
ވަރަށް ޝުކުރު.