Last Updated: April 21, 15:19
Monday, April 21, 2025
ޚަބަރު

އިރުޝާދިއްޔާގެ ދަރިވަރުންނަށް ހޭލުންތެރިކަމުގެ ސެޝަނެއް

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސްކޫލް ދަރިވަރުން ހޭލުންތެރި ކުރުމަށް ހިންގާ ޕްރޮގްރާމުތަކުގެ ތެރެއިން މަރަދޫ އިރުޝާރިއްޔާ ސްކޫލުގެ ދަރިވަރުންނަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ފުލުހުން މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފި އެވެ.

އަންގާރަ ދުވަހު އިރުޝާދިއްޔާ ސްކޫލުގައި ބޭއްވި ހޭލުންތެރި ކުރުމުގެ މި ސެޝަންގައި އެ ސްކޫލުގެ ގްރޭޑް 8 ގެ ދަރިވަރުންނަށް ވަނީ އެއްގަމު ދަތުރު ފަތުރުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައި ހުރި ޤަވާޢިދުތަކާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފަ އެވެ.

މި ސެޝަނުގައި އެ ސްކޫލުގެ ގްރޭޑް 8 ގެ 38 ދަރިވަރަކު ވަނީ ބައިވެރިވި އެވެ. ސެޝަން ނަގައި ދިނީ އައްޑޫގައި މަސައްކަތް ކުރާ ފުލުހުންނެވެ.