Last Updated: November 24, 13:27
Sunday, November 24, 2024
ސިއްހަތު

އުމުރުން ދުވަސްވާ ފަހުން ވިހެއުން މާ ރަނގަޅު!

ޅަ އުމުރުގައި ކުދިން ހޯދުމަށް ވުރެ، އުމުރުން ދުވަސްވާ ފަހުން ބަލިވެ އިނދެ އަންހެނުން ކުދިން ހޯދާ ނަމަ އެތައް ފައިދާ އެއް ކުއްޖާ އަށް ކުރާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފަ އެވެެ.

ކުރިން ގަބޫލް ކުރެވިފައި އޮންނަ ގޮތުން އުމުރުން ދުވަސްވާ ފަހުން އަންހެނުން ކުދިން ހޯދުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ.

އުމުރުން ދުވަސްވާ ފަހުން ކުދިން ހޯދުމަކީ ޑައުން ސިންޑްރޮމާ އާއި ހަކުރު ބައްޔާއި އަލްޒެއިމާ ފަދަ ބަލިތައް މައިމީގެ ފަރާތުން ދަރިފުޅަށް ވެސް ވާރުތަ ކުރާނެ ކަމެއް ކަމަށް ކުރިން ބެލެވިފައި އޮތެވެ.

އެހެންވެ އަބަދު ވެސް އަންހެނުންނަށް ދީފައި އޮންނަ ވިސްނުމަކީ ޅަ އުމުރުގައި ކައިވެނިކޮށް ވީހާ ވެސް އަވަހަށް ދަރިން ހޯދުމެވެ. އެއީ އެތައް ގޮތަކުން ފައިދާ ކުރާ ކަމެއް ކަމަށް ބަލައިފަ އެވެ.

އިނގިރޭސިވިލާތުގެ ލަންޑަން ސްކޫލް އޮފް އިކޮނޮމިކްްސް އާއި ޖަރުމަންގެ މެކްސް ޕްލާންްްކް އިންސްޓިއުޓް އޮފް ޑެމޮގްރަފިކް ރިސާޗުން ހެދި ދިރާސާއަކުން ދެއްކި ގޮތުން އުމުރުން 40 އަށް ވުރެ މައްޗަށް ދާ ފަހުން ވެސް އަންހެނުން ވިހެއުމަކީ ދަރިފުޅަަށް ސިއްހީ ގޮތުން އެތައް ފައިދާއެއް ކުރާ ކަމެކެވެ.

pregnant-woman-working-main

އެގޮތުން ދަރިފުޅުގެ ސިއްހަތު ދުޅަހެޔޮވެފައި، އިސްކޮޅުން ދިގުވުމާއި އުނގެނުން ފަދަ ކަންކަމަށް ހުށިޔާރުވެ އެވެ.

ދިރާސާ އިން ދެއްކި ގޮތުގައި އުމުރުން ދުވަސްވާ ފަހުން ވިހާ ދަރިން ކިޔެވުމަށް ރަނގަޅުވެ، ހިތްއަލިވެ އެވެ. އެހެންވެ ހޯދާ ނަތީޖާ ރަނގަޅުވެ އެވެ.

މިސާލަކަށް އަންހެނަކު އޭނާގެ އުމުރުގެ 20 އަހަރުގެ ތެރޭގައި ވިހާފައިވާ ދަރިއަކާއި 40 އިން މައްޗަށް ދާ ފަހުން ވިހާ ދަރިއަކާ ދެމެދު ހުރި ތަފާތުތައް ބެލި އިރު، އުމުރުން ދުވަސްވާ ފަހުން ވިހޭ ދަރިފުޅު ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ވެސް މާ ދުޅަހެޔޮ އެވެ.

"އެހެންވީމާ އެއިން އެބަ ދައްކުވައިދޭ އުމުރުން ދުވަސްވާ ފަހުން ވިހެއުމަކީ މައްސަލައެއް ނޫންކަން. އަދި އޭގެ ފައިދާތައް ދިރާސާ އިން އެބަ ސާބިތުކޮށްދޭ." ދިރާސާ ހެދުމުގައި ބައިވެރިވި މިއްކޯ މީސްކިލާ ބުންޏެވެ.