Last Updated: November 26, 13:45
Tuesday, November 26, 2024
ޚަބަރު

އީސީސީގެ ގޮނޑިތައް "ޗައިނާ މެސްގައި"

ބްރިޖް އަޅާ ޓީމްގެ މީހުން ކާން ތިބޭ މެސްގައި އީސީސީގެ ގޮނޑިތައް. ފޮޓޯ/ ކިއުންތެރިއެއް

މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ޗައިނާގެ ޓީމަށް މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ހަދާފައިވާ ތަންތަނުގެ ތެރެއިން އެ މީހުންގެ ކެއުން ހަމަޖައްސާ މެސްގައި އައްޑޫ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގެ ގޮނޑިތައް ބޭނުން ކުރާކަން ފަޅާ އަރައިފި އެވެ.

މެސްގެ ކާާން ތިބޭ ބައިގެ މޭޒުތަކުގެ ކައިރީގައި އީސީސީގެ ގޮނޑިތައް އަތުރާފައި ހުއްޓައި ނަގާފައިވާ ފޮޓޯތަކެއް މިހާރު ދަނީ ސޯޝަކލް މީޑިއާގައި ވެސް ދައުރުވަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އައްޑޫގައި ސާކް ސްމިޓް ބާއްޗަން އިމާރާތް ކުރި އީސީސީގައި ހުރި މުދާތައް އެކި ފަހަރުމަތިން، ނަޝީދުގެ ސަރުކާރު ބަދަލުވި ފަހުން އެންމެ ފަހުން އެތަނުގައި ހުރި ގޮނޑިތަކުގެ ތެރެއިން ގިނަ އަަދަދެއްގެ ގޮނޑި މާލެ ގެންދިޔައީ މިނިވަން 50 ގެ ހަރަކާތްތަކާ ދިމާކޮށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

13055316_518053928397911_9207398069919369980_n

އޭގެ ކުރިން ވެސް އީސީސީގެ މައި ހޯލްގައި ހުރި ގިނަ އަދަދެއްގެ ގޮނޑި އިމާރާތުގައި ހުރި ގިނަ އަދަދެއްގެ މުދާ ވަނީ މާލެ ގެންގޮސްފަ އެވެ.

އީސީސީގެ ގޮނޑިތައް މާލޭގައި ހުންނަ ޕީޕީއެމް އޮފީހުގައި ބޭނުން ކުރުމުގެ އިތުރަށް އެ ޕާޓީގެ ސިޔާސީ އެކިއެކި ހަރަކާތްތަކުގައި ވެސް ބޭނުން ކުރަމުންދާކަން ފާހަގަ ކުރެވެ އެވެ.

3471_dsc_0665_news

މި މައްސަލާގައި ހައުސިން މިނިސްްޓަރު ޑރ. މުހައްމަދު މުއިއްޒާ ރައްޔިތުންގެ މަޖިލީހުގައި ދެ ފަަހަރެއްގެ މަތިން ސުވާލްކޮށްފައިވެ އެވެ.

އޭގެ ތެރެއިން ފުރަތަމަ ފަހަރު ވިދާޅުވެފައި ވަނީ އީސީސީގެ ގޮނޑިތައް އައްޑު އަށް ފޮނުވަން ބަޔަކާ ހަވާލުކޮށްފައިވާ ކަަމަށެވެ.

ފަހުން އެ މައްސަލާގައި މިނިސްޓަރު މިދިޔަ ފެބްރުއަރީ މަހު ވިދާޅުވީ އެ ގޮނޑިތައް އަނބުރާ އައްޑު އަށް ފޮނުވޭނެ ދުވަހެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ސަރުކާރުގެ ހަފުލާތަކުގައި ބޭނުން ކުރަން، ދައުލަތުގެ ބެލުމުގެ ދަށުގައި ގޮނޑޮތައް ބަހައްޓާފައި ހުރި ކަމަށެވެ.

ޑރ. މުއިއްޒު އަދި ވިދާޅުވީ އިސީސީގެ ގޮނޑިތައް ސިޔާސީ އެއްވެސް ޕާޓީއެއްގެ ހަރަކާތެއްގައި ބޭނުން ނުކުރާ ކަމަށެވެ.