ހިތަދު އާއި ހުޅުދޫގައި ގާއިމު ކުރާ ކުނި މެނޭޖް ކުރާ ސެންޓަރުގައި ކާދު ހެދުމަށް ބޭނުން ކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށް ދޭނެ ބަޔަކު ހޯދަން އެންވަޔަރަމަންޓް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.
ކާދުއަކ ކުނީގެ ތަފާތު ބާވަތްތައް ބޭނުންކޮށްގެން ހަދާ ގަސް ކާނާ އެވެ.
އެ މިނިސްޓްރީން ބުނީ ތަކެތި ހޯދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މނަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅާ އިރު ޖީއެސްޓީ ހިމަނައިގެން އަގާއި މަސައްކަތް ނިންމޭނެ މުއްދަތަކާއި ޓެކްނިކަލް ސްޕެސިފިކޭޝަން ހުށަަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހުށަހަޅާފައިވާ ޕްރޮޕޯސަަލް ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާން ވާނެ ކަމަށް ވެސް އެންވަޔަރަަމަންޓް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމުން ފޭދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އައްޑޫގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް މި އަހަރު ފެށިގެން ދާނެ ކަމަށެވެ.
އަދި ކުނި މެނޭޖް ކުރާ ސެންޓަރު ހަދާނެ ބިން ވެސް އައްޑޫން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.