ފާއިތުވެ ދިޔަ ހަފްތާގައި އެދެވޭ ކުޅުމެއް ދެއްކިފައި ނުވާ ބާސެލޯނާ ރޭގައި ކުޅުނު މެޗު 0-8 ގެ ބޮޑު ނަތީޖާއަކުން ޑިޕޯޓިވޯ ލަދު ގަންނަވާލައިފި އެވެ.
ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ލުއިސް ސުއަރޭޒް ވަނީ 4 ގޯލު ޖަހައި މުޅި ދުނިޔެ ހައިރާންކޮށްލައިފަ އެވެ.
މެޗުގެ ފުރަތަމަ ދެ ގޯލު ސުއަރޭޒް ކާމިޔާބުކޮށްފައިވާ އިރު 11 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ޖަހައި 24 ވަނަ މިނެޓްގައި އޭނާ ވަނީ ދެވަނަ ގޯލް ވެސް ޖަހައިފަ އެވެ.
ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ސުއަރޭޒް ގެ ދެ ގޯލާ އެކު އެވެ.
މެޗްގެ ދެވަނަ ހާފު ފެށިގެން ދެ މިނެޓް ވެސް ނުވަނީސް އިވަން ރަކިޓިކް ވަނީ ތިން ވަނަ ގޯލާ އެކު ބާސާގެ ލީޑު ފުޅާކޮށް ފައެވެ.
ހަތަރު ވަނަ ގޯލާއި ފަސް ވަނަ ގޯލް ވެސް ޖަހާފައި ވަނީ ރޭގެ މޮޅު ކުޅުންތެރިޔާ ލުއިސް ސުއަރޭޒެވެ.
މެޗްގެ ހަވަނަ ގޯލު ޖަހާފައި ވަނީ މެސީ އެވެ. ހަތްދިހަ ތިން ވަނަ މިނެޓްގައި މެސީގެ މިގޯލު ޖެހިތާ ފަސްމިނެޓްވީ އިރު މާކް ބާޓްރާ ވަނީ މެޗުގެ 7 ވަނަ ގޯލު ކާމިޔާބުކޮށްފަ އެވެ.
ރޭގެ ފަހު ގޯލް 81 ވަނަ މިނެޓްގައި ޖަހާފައި ވަނީ ބްރެޒިލްގެ ޒުވާން ފޯވާޑް ނޭމާ އެވެ.
ރޭ ހަތަރު ގޯލު ޖަހާފައިވާ ސުއަރޭޒް ވަނީ ތިން އެސިސްޓު ވެސް ކޮށްފަ އެވެ.
ބާސާއިން ޖެހި 8 ގޯލުގެ ތެރެއިން 7 ގޯލަކީ އޭނާގެ އެހީ އާ އެކު ޖަހާފައިވާ 7 ގޯލެވެ.
މި ސީޒަނުގައި އޭނާ ވަނީ މިހާރު 49 ބާސެލޯނާ އަށް ޖަހައި ދީފަ އެވެ. މިއާ އެކު ބާސާގެ އެންމެ ގިނަ ގޯލު އެއް ސީޒަނުގައި ޖަހާފައިވާ ކުޅުންތެރިޔާގެ ރިކޯޑް އޭނާ ވަނީ މުގުރާލައިފަ އެވެ.
ބްރެޒިލްގެ ރޮނާލްޑޯ 1996-1997 ގެ ސީޒަނުގައި 47 ގޯލާ އެކު ހަދާފައިވާ މި ރިކޯޑަށް މިހާރު ވަނީ 20 އަހަރު ފުރެން ކައިރިވެފަ އެވެ.