Last Updated: May 5, 19:17
Monday, May 5, 2025
ސިޔާސީ

އަބުރާއި ބެހޭނަމަ ދާން ޖެހޭނީ ގޮޅިއަށް: ޔާމީން

އަބުރާ ބެހުމުގެ ބަދަލެއްގެ ގޮތުން ދޭންޖެހޭ ފައިސާ ނުދައްކައިފިނަމަ އެމީހަކު ޖަލަށްނުލައި ނުބެހެއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކްފާނު މިހެން ވިދާޅުވީ ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ސިފައިންގެ 124 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެކަކު އަނެކެއްގެ އަބުރާބެހޭނަމަ ބަދަލް ނަގައިދެވޭނެކަމަށެވެ. އަދި ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިފިނަމަ އެމީހަކު ޖަލުގޮޅިން ޖާގަ ހޯދަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

aburu

ރައީސް ވިދާޅުވީ، މީހުންގެ އަބުރާ ބެހުމުން، މިވަގުތު އޮތް ކޯޓުގެ ނިޒާމުން ނަގައިދެނީ 4000 ރުފިޔާ ކަމަށާއި އެކަމަކު ރާއްޖޭގެ ކަންތައްތައް މިއަދު ތަރައްގީވެފައި އޮތް މިންވަރުން 25000 ރުފިޔާ އާއި 60000 ރުފިޔާ އެ މައްސަލާގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލަށްވެސް ދޭންޖެހޭ ކަމަށެވެ.

މަޖިލީހަށް ހުށައެޅިފައިވާ ބިލްގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރުމަށް ހުށައަޅާފައިވާއިރު، އެ އަދަދުތައް ކުޑަކުރުމަށް މަސައްކަތް ކުރާނެކަމަށް ބަންޑާރަ ނާއިބް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް ރައީސް މިރޭ ވަނީ ނޫސްވެރިކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރުމަށް ނޫސްވެރިންގެ ތެރެއިން ބަޔަކު ދާދިފަހުން ލަންކާއަށް ދަތުރުކުރައްވާފައިވާތީ އެކަމަށްވެސް ފާޑުވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދިވެހިންގެ ކަންކަން ދިވެހިންނަށް ނިންމެންވާނެކަމަށާ ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނެ ބޭރުގެ ފަރާތްތަކުގެ ކައިރިއަށްދިއުމަކީ ހައްލުތޯ ސުވާލްކުރައްވާފައެވެ

ހިޔާލު ފާޅުކުރައްވާ 4ކޮމެންޓް

Alibe

މިރައީސް އަށް އަޅެ ކިޔޭނުކިޔޭ އެއްޗެއް އިނގޭބާ!

އިންސާފް

މީ އަބުރެއް އޮތް ގުންޑާއެއްތަ؟ ބޮޑު ވަގު ރައްޔިތުންނަށް ބިރުދެއްކުން ނޫން ކަމެއް ކުރޭތަ އެބަ.

Anonymous

ތިއުޅެނީ ހިތުން އަހަރުމެން ބިރު ގަންނަވަންދޯ. ވައްކަން ކޮއްފަ ތިހިރީ. އެހެންވީމަ ވަގެކޭ ގޮވާނަން.

Mohamed ibrahim

ގޮވިޔަކަސް ވާނެކަމެއް ނޮއޮންނާނެ ދުލައްފާފަވާނެކަން ެއެކަނި ކުރެވޭނެ އެއްވެސް ކަމެއްނޮއޮންނާނެ ސުކުރިޔާ