އިނގިރޭސި ޕްރިމިއާ ލީގުން ނިއުކާސަލް ޔުނައިޓެޑް އަދި ނޯވިޗް ސިޓީ ރެލިގޭޓްވެ ދެވަނަ ޑިވިޝަން ޗެމްޕިއަންޝިޕަށް ބަދަލުވެއްޖެއެވެ. މިއީ 7 އަހަރުތެރޭ ދެވަނަ ނިއުކާސަލް ޗެމްޕިއަންޝިޕަށް ރެލިގޭޓްވި ދެވަނަ ފަހަރެވެ. ރެލިގޭޝަނުގެ ސަބަބުން ޓީމުގެ ޗެޔާމަންވަނީ ސަޕޯޓަރުންނަށް ރޭގައި މާފަށްއެދިފައެވެ. ޗެޔާގެ މެސެޖުގައި މިހާތަނަށް ޓީމަށް ބޮޑު ހަރަދެއްކޮށްފައިވީއިރުވެސް ރެލިގޭޝަނާ ކުރިމަތިލާން މުޅި ސީޒަނުގައި ޖެހުނީތީ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭ ކަމަށާއި ޓީމާއެއްކޮށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ދެމިތިބިކަމަށްޓަކައި ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ނޯވިޗް ސިޓީއަށް ބަލާއިރު މިސީޒަނަކީ މިދިޔަ ސީޒަނުގައި ޗެމްޕިއަންޝިޕުގައި ކުޅެފައި ޕްރިމިއާ ލީގާ ގުޅުނު ޓީމެކެވެ. އަނބުރާ އައި ފުރަތަމަ ސީޒަނުގައި އަނެއްކާ އެނބުރި ޗެމްޕިއަންޝިޕަށް ދާން ޖެހުމުން ސަޕޯޓަރުން ތިބީ ނުހަނުބޮޑަށް ކަންބޮޑުވެފައެވެ. ޚާއްސަކޮށް ރޭގެ މެޗުން މޮޅު ކުޅުމެއް ދައްކައި 2-4 ގެ ނަތީޖާއިން ވަޓްފޮޑް ބަލިކޮށްފައިވާތީއެވެ.
ނޯވިޗް މޮޅުވިއިރު ސަންޑަލެންޑްވެސް ވަނީ ރޭގެ މެޗުން މޮޅުވެފައެވެ. އެމީހުންނަށް ލިބުނު ތިން ޕޮއިންޓާއެކީ ނޯވިޗް އަދި ނިއުކާސަލް އަށް ވެސް ސީޒަނުގެ ފަހު މެޗުގައި ލިބޭ ނަތީޖާއިން ކުރިއަށް ނޭރޭނެއެވެ. 237 ދުވަސް ސަންޑަލޭންޑް ރެލިގޭޝަނުން ސަލާމަތްވުމަށް ހޭދަކޮށްފައިވާއިރު ސީޒަން ނިމުނުއިރު އެމީހުން ވަނީ ފަހު ތިނަކަށް ނުވެއްޓި ހިފަހަށްޓާފައެވެ.
އަންނަ ސީޒަނުގައި ޕްރިމިއާ ލީގާ ގުޅޭނެ ޓީމުތަކަށް ބަލާއިރު މިހާރު ޕްރޮމޯޓްވެފައިވަނީ މިޑްލްސްބްރްގް އެވެ. ދިގު މުއްދަތަކަށް ޕްރިމިއާލީގުން ފެނިފައިނުވާ މިޑްލްސްބްރޮގް އަނބުރާ އެއްވަނަ ޑިވިޝަނަށް އައިސްފައިވަނީ 7 އަހަރު ފަހުންނެވެ.