ސްޓޭންޑާޑް ފަސްޓް އެއިޑް ސެޓްފިކެޓް 40 ފުލުހުންނަށް ލިބިއްޖެ އެވެ.
ފުލުހުންނަށް އެ ސެޓްފިކެޓް ދީފައި ވަނީ ދިވެހި ރެޑް ކްރްސެންޓާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ހިންގި ފަސްޓް އެއިޑް ކޯހުގެ ދެ ބުރެއްގައި ބައިވެރިވެ ކޯސް ފުރިހަމަކޮށްގެންނެވެ.
މި މަހުގެ 10-19 އަށް ހިންގި ކޯހުގައި ބައިވެރިވެފައި ވަނީ މެރިން ޕޮލިސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ބައެއް ފުލުހުންނާއި، ކަސްޓޯޑިއަލް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ބައެއް ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ބައެއް ފުލުހުންނެވެ.
މި ކޯހަކީ ފުލުހުން ޑިއުޓީގައި އުޅޭއިރު އަދި އެނޫން ވަގުތުތަކުގަ އިވެސް ފުރަތަމަ އެހީގެ ގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދޭން ޖެހިއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށް ދިނުމަކީ އިންސާނީ ވާޖިބަކަށްވާތީ ކޮންމެ ފުލުހަކީ ވެސް ފުރަތަމަ އެހީ ދިނުމުގެ ޢިލްމު ލިބިފައި ހުރި މީހަކަށް ހަދައި އެކަމަށް މަސައްކަތް ކުރުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓާ ގުޅިގެން ހިންގަން ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ހިންގި ކޯހެއް ކަމަށް ފުލުހުން ބުންޏެވެ.
ކޯހުން ފާސްވެ ސެޓްފިކެޓް ޙާޞިލް ކުރި ފުލުހުންނަށް ސެޓްފިކެޓް ދެއްވީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.
ހަމްދޫން ވިދާޅުވީ ފުލުހުންނަކީ ތަޢުލީމާއި ތަޖުރިބާ ލިބިގަތުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެ ކަމަށާއި މަސައްކަތުގެ މާޙައުލުގައި ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ތިބޭ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށެވެ.