މި އަހަރުގެ ފިތުރު އީދުގެ ބޮޑު ޖަމާއަތް މި އަހަރު ވެސް އައްޑޫ ފުޓްބޯޯޅަ ސްޓޭޑިއަމްގައި ބާއްވަން ނިންމައިފި އެވެ.
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ފިތުރު އީދު ނަމާދު ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވޭ ގޮތަށް ބޮޑު ޖަމާއަތުގެ ގޮތުގައި އައްޑޫގައި ބާއްވަމުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ.
މިކަން އިންތިޒާމް ކުރަނީ އައްޑޫ ސިޓީ ކައުންސިލްގެ އެހީތެރިކަމާ އެކު ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުންނެވެ.
އެ ޖަމިއްޔާ އިން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް މޫސުން ތަން ދޭ ނަމަ، ފިތުރު ނަމާދުގެ ބޮޑު ޖަމާއަތް ބާއްވާނީ ހިތަދޫގައި ހުންނަ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކަމަށެވެ.
އެ ތަނުގައި ބޮޑު ޖަމާއަތް ބާއްވާ އިރު އައްޑޫގެ ގުޅިފައިވާ އަވަށްތަކުން ހިތަދު އަށް މީހުން ދިއުމަށް ނޫރުލް އިސްލާމުން ބަސް ދަތުރު ވެސް ހަމަޖައްސައިފަ އެވެ.
އަދި ނަމާދަށް ފަހު ހެޔޮ އެދޭ ފަރާތްތަކުގެ އެހީ އާ އެކު އީދު ސައި ވެސް ބާއްވަ އެވެ.
ނޫރުލް އިސްލާމް ޖަމިއްޔާއަކީ އައްޑޫގައި އިސްލާމް ދީން ކުރިއަރުވަން ތަފާތު ގިނަ ޕްރޮގްރާމްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
އެގޮތުން ރޯދަ މަހުގައި ވެސް އެ ޖަމިއްޔާ އިން ތަފާތު ހަރަކާތްތައް ހިންގަ އެވެ.