އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާ، ވިމެން އޮން ބޯޑް (ވޮބް) އިން ދޭ އެވޯޑް ދެ ދާއިރާއަކުން އައްޑޫގެ ދެ ކަނބަލަކަށް ލިބިވަޑައިގެންފި އެވެ.
އެވޯޑް ހާސިލް ކުރެއް އައްޑޫގެ ދެ ކަނބަލުންނަކީ ކުރީގެ ހެލްތު މިނިސްޓަރު އަދި ސިމްޑީ ކުންފުނީގެ ސީއީއޯ ޑރ. މަރިޔަމް ޝަކީލާ އާއި މަޝްހޫރު ކެއްކުންތެރިޔާ އަދި ޖުވޭސް ކެފޭގެ ވެރިޔާ ޖުވެއިރިއްޔާ ވަޖުދީ (ޖުވޭ) އެވެ.
މި ދެ ބޭފުޅުންނަކީ އައްޑޫ ވިމެންސް އެސޯސިއޭޝަން (އަވަ) އިގެ ނަމުގައި ޖަމިއްޔާއެއް ވެސް ހިންގަމުން އަންނަ ދެ ބޭފުޅުންނެވެ.
ޑރ. ޝަކީލާ އަށް އެވޯޑް ލިބިވަޑައިގެންނެވީ ބެސްޓް ވުމަން ސީއީއޯ އިން ޕްރައިވެޓް ސެކްޓާގެ ދާއިރާއިންނެވެ. ޖުވޭ އަށް އެވޯޑް ލިބިވަޑައިގަތީ ބެސްޓް ވުމަން މެނޭޖަރު އެވޯޑެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި ހަފްލާގައި ގިނަ ދާއިރާތަކަކުން މަސައްކަތްތެރި އަންހެނުންގެ އަގުވަޒަންކޮށް އެވޯޑް ދީފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
* ބެސްޓް އަންހެން ޗެއާޕާސަން: އިބްތިޝާމް އަހުމަދު ސައީދު (އެމްޓީޑީސީ ޗެއާޕާސަން)
* ބެސްޓް އަންހެން ސީއީއޯ، ޕްރައިވެޓް ސެކްޓަ: އައިޝަތު ޝިފާނާ ވަޖީހު (ހީޓްގެ ސީއީއޯ)
* ބެސްޓް އަންހެން މެނޭޖަރު: އައިޝަތު އިބްރާހިމް (ސްޓައިލްސް އެންޑް ޕްރޮފައިލް ސެލޫންގެ މެނޭޖަރު)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: ޝިދާތާ ޝަރީފް (އިންސްޓިޓިއުޓް އޮފް ކައުންސިލިންގް އެންޑް ސައިކޯތެރަޕީގެ މެނެޖިން ޑިރެކްޓަރު)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: މިންހާ ފާއިޒް ރަޝާދު (ޖެނެރަލް މެނޭޖަރު ސޭލްސް އެންޑް މާކެޓިންގް ސަން މީޑިއާ ގްރޫޕް)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: އާއިޝަތު ޝިމްލާ (އެމްއާރްޑީސީގެ ބޯޑް ޑިރެކްޓަރު)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: އައިމިނަތު ޒޫނާ (ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ އާކިޓެކްޓް)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: ފާތިމަތު މިޒްނާ އަލީ (ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީގެ އާކިޓެކްޓް)
* ބެސްޓް ޔަންގް ޕްރޮފެޝަނަލް: އާއިޝަތު ޝަމާހާ (ޕްރައިވެޓް އެޑިއުކޭޓާ)
ވިމެން އޮން ބޯޑުގެ ބުނީ ވޮބް ޑިސްޓިންކްޝަން އެ އެވޯޑަކީ މުޖުތަމައުއަށް އެކި ދާއިރާތަކުން ހިދުމަތް ކުރާ އަންހެނުންގެ އަގުވަޒަންކޮށް ދޭ އެވޯޑެއް ކަމަށެވެ.