މިއަދުން ފެށިގެން މުދަލުގެ ޒަކާތް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މިރާ) އިން ބަލައި ގަންނަން ފަށައިފި އެވެ.
މުދަލުގެ ޒަކާތް މިހާތަނަށް ދައުލަތުން ބަލައި ގަންނަމުން ދިޔައީ މާލޭގައި އިސްލާމިކް މިނިސްޓްރީންނެވެ. އަދި އަދި އަތޮޅު ތެރޭގައި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުންނެވެ.
އެހެން ނަމަވެސް މި ފަހަރު މީރާ އިން މުދަލުގެ ޒަކާތް ބަަލައި ގަންނަ ގޮތަށް ހަމަޖެހުމާ ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ހުރި މީރާހެ ބްރާންޗްތަކާއި ކަލެކްޝަން ޕޮއިންޓްތަކުން ޒަކާތް ދެއްކޭނެ އެވެ.
އަދި މީރާގެ އޮފީހެއް ނެތް ރަށްރަށުގައި ޒަކާތް ބަލައި ގަންނާނީ ރަށު ކައުންސިލްގެ އިދާރާތަކުންނެވެ.
މުދަލުގެ ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަކީ 4212.64 ރުފިޔާއެވެ.
މީރާ އިން ބުނީ ޒަކާތުގެ ފައިސާ ދައްކާ އިރު އެކަމަށް މީރާ އިން ކަނޑައަޅާފައިވާ ފޯމު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މީރާއިން ފައިސާ ބަލައި ގަތުމަށް ފަހު އެ ފައިސާ ޖަމާ ކުރާނީ ދައުލަތުން ކަނޑައަޅާ ފައިވާ އެކައުންޓަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ޒަކާތް ބެހުމުގައި މީރާއިން އެއްވެސް ދައުރެއް އަދާ ނުކުރާނެ ކަމަށާއި އެކަން ކުރަމުން ދާނީ އިސްލާމިކް މިނިސްޓްރީން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ
މުދަލު ޒަކާތް މީރާއިން ބަލައި ގަންނަ ގޮތަށް ހަމަޖެއްސި ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ފިތުރު ޒަކާތް ބަލައި އިސްލާމިކް މިނިސްޓްރީންނެވެ.