އައްޑޫގެ އޮޑިވެރިންނަށް މާކިއުރީ އިންޖީނާ ބެހޭ މައުލޫމާތު ދީފި އެވެ.
މާކިއުރީ އިންޖީނު ރާއްޖެ އަށް އެތެރެކޮށް، ވިއްކާ ހަސަން މެރިންގެ ޓީމެއް އައްޑު އަށް ޒިޔާރަތްކޮށް ހިތަދު އާއި މަރަދޫގެ އިތުރުން ހުޅުމީދޫގައި ވެސް އޮޑިފަހަރު ގެންގުޅޭ ފަރާތްތަކަށް އިންޖީނާ ބެހޭ މައުލޫމާތު ދީފައިވެ އެވެ.
ހަސަން މެރިން އިން ބުނީ މާކިއުރީ އިންޖީނަކީ މިހާރު އޮޑިވެރިންގެ އިތުބާރު ވަރަށް ބޮޑަށް ލިބިފައިވާ އުފެއްދުމެއް ކަމަށާއި ރާއްޖޭގެ އެކި ސަރައްދުތަކުގައި އިންޖީނާ ބެހޭ ގޮތުން މައުލޫމާތު ދެމުން އަންނަ ކަމަށެވެ.
ހަސަން މެރިންގެ ޓީމުން ބުނީ އައްޑޫގައި ބޭއްވި މައުލޫމާތު ދިނުމުގެ ހަރަކާތްތަަކަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށާއި ގިނަ އޮޑިވެރިން އިންޖީނާ ބެހޭ މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.