ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރިއަށް އޮތް ރޯދަ އާ ދިމާކޮށް ރާއްޖޭގެ އެންމެ ދެކުނަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
މޯލްޑިވިއަނުން ބުނީ އައްޑު އާއި ފުވައްމުލަކަށް ދަތުރުކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވުމާ ގުޅިގެން އެ ދެ މަންޒިލަށް އިތުރު ދަތުރުތަކެއް ކުރަމުން އަންނަ ކަމަށެވެ.
މޯލްޑިވިއަނުން އަދި ބުނީ އެ އަތޮޅަށް ދަތުރު ކުރާ މީހުން އިތުރުވާ ވަރަށް ބަލާފައި ފްލައިޓްތައް އަދިވެސް އިތުރު ކުރާނެ ކަމަށެވެ.
އައްޑުއަކީ މޯލްޑިވިއަނުން ދަތުރު ކުރާ އެތެރޭގެ މަންޒިލްތަކުގެ ތެރެއިން މިހާރު ވެސް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ބާއްވާ މަންޒިލެވެ.
ކުރިން ވިލާ އެއާގެ ފްލައިމީން ވެސް އައްޑު އާއި ފުވައްމުލަކަށް ކުރި ދަތުރުތައް މިދިޔަ އަހަރު ހުއްޓާލުމުން މޯލްޑިވިއަން އަށް އޮންނަ ޑިމާންޑް މިހާރު ވަރަށް ބޮޑެވެ.