ބިސްގަނޑެއް އަޅާލަން ބިހެއް ތަޅާލާފައި ނުވަތަ ކޭކެއް އަޅަން ބިސް ބޭނުންކޮށްފައި އޭގެ ތޮށި ޔަގީނުން ވެސް ގިނަ ބަޔަކު އުކައިލާނީ އެވެ.
އެކަމަކު ސިއްހީ ތަޖުރިބާކާރުން މިހާރު ބުނަނީ އެހެން ހަަދައިގެން ނުވާނެ ކަމަށެެވެ. ސަބަބަކި ކޮބައި ހެއްޔެވެ؟ ސަބަބަކީ ބިސް ތޮއްޓަކީ ގިނަ އަދަދަކަށް ކެލްސިއަމް އެކުލެވޭ އެއްޗަކަށްވާތީ، އެއީ ސިއްހީ ގޮތުން ބޭނުން ކުރުން ފައިދާ ހުރި އެއްޗެކަށްވުމެވެ.
ކެލްސިއަމްގެ މުހިއްމުކަަން އެންމެން ވެސް މިހާރު ދަނެ އެވެ. އެއީ ގައިގެ ކަށިތަކާއި ދަތްތައް ވަރުގަދަ ކުރުން ފަދަ ފައިދާތައް ލިއްބައިދޭ މާއްދާއެކެވެ.
އެހެންވެ ކެލްސިއަމުން މުއްސަނދިވެފައިވާ ބިސް ތޮށި އެއްގޮތަކަށް ވެސް އުކާލައިގެން ނުވާނެ އެވެ. ދެން އޮތް ސުވާލަކީ އެ ބޭނުން ކުރާނީ ކިހިނެއް ހެއްޔެވެ؟
ތިރީގައި މި އޮތް ވީޑިއޯ ބަލައިލާށެވެ. ބިސް ތޮށި ބޭނުން ކުރާނެ ގޮތް ވަރަށް ރަނގަޅަށް އެނގިގެން ދާނެ އެވެ.
ކުޑަކޮށް ކިޔައި ދޭ ނަމަ ހަދަން ޖެހޭ ގޮތަކީ ބިސް ތޮށި ރަނގަަޅަށް ދޮވެލާފައި، ހޫނު ފެނުގައި ކައްކާނީ އެވެ. ދިހަ ވަރަކަށް މިނިޓް ވަންދެން ގަދަ ގިނީގައި ކައްކަން ވާނެ އެވެ.
މިގޮތަށް ހަދަން ޖެހެނީ އޭގައި އެކުލެވޭ ގޯސް ބެކްޓީރިއާތައް ނައްތާލުމަށެވެ.
ބިސް ތޮށި ކައްކާފައި ދެން ޓްރޭއެއްގެ ތެރޭގަ އަތުރައިލާފައި އަވަނުގައި ފިހާށެވެ. ފިހަން ވާނީ މުރަނަ ވަންދެންނެވެ.
ރަނގަަޅަށް މުރަނަވެލީމާ މިކްސަރަށް އަޅާފައި ހިމުންވަންދެން މުގުރައިލާށެވެ. އޭރުން އެ އޮތީ ކެލްސިއަމް ޕައުންޑަރު ތައްޔާރު ކުރެވިފަ އެވެ.
ދެން ބޭނުން ކުރާނެ ގޮތްތަަކަށް ބަލާ އިރު ފެން ތައްޓެއްގެ ތެރޭގައި ގިރާލައިގެން ވެސް ބޯލެވިދާނެ އެވެ. ނޫނީ ކާ އިރު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.
އެކަމަކު މި ބޭނުންކޮށްލުމުގެ ކުރިން ސިއްހީ ތަޖުރިބާކާރެއްގެ ލަފާ ހޯދުން ބުއްދިވެރި އެވެ. ސަބަބަކީ މީގެ ސަބަބުން ނުރަގަނޅު އަސަރެއްކޮށްފާނެތޯ އިތުރަށް ކަށަވަރު ކުރުމަށެވެ.
ފަހަރުގައި މިއީ ތިމާ އާ ނުގުޅޭ އެއްޗަަކަށް ވެސް ވެދާނެ އެވެ.