ޖޯން އަބްރަހަމް އާއި އަންހެނުން ޕްރިޔާ ރާންޗަލްގެ ކައިވެނީގެ މައްސަލަތަކެއް ޖެހި، ދެ މީހުން މިހާރު ވަރިފަށަށް އަރައިފާ ކަމަށް ބުނެ ފެތެރުމުންދާ ވާހަކަތަކާ ގުޅިގެން ނޫސްވެރިން ޖޯން އާ ސުވާލު ކުރުމުން އޭނާ ވަަރަށް ބޮޑަށް ރުޅިގަދަވެއްޖެ އެވެ.
ޖޯން އާއި އިންވެސްޓްމަންޓް ބޭންކަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕްރިޔާ ކައިވެނި ކުރީ 2014 ވަނަ އަހަރު އެމެރިކާގައި ވަަރަށް ސިއްރުންނެވެ.
ކައިވެންޏާ ބެހޭ ގޮތުން ޖޯން އެހާ ފާޅުކަން ބޮޑުކޮށް އެއް އިރެއްގައި ވެސް ވާހަކައެއް ނުދައްކަ އެވެ.
އަނެއްކޮޅުން ޖޯން ދާހާ ތަނަކަށް އޭނާގެ ފޫބުދުން ޕްރިޔާ ވެސް ދާ ތަނެއް ނުފެނެ އެވެ. ދެ މީހުން އެކުގައި މިޑިއާތަކަށް ފެންނަނީ ވެސް ހާލަކުން ފަހަރަކު އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖޯން އާއި ޕްރިޔާގެ ކައިވެނީގެ ގޮށް މިހާރު އޮތީ މޮހެވުމުގެ މަރުހަލާގަ އެވެ.
"އަހަރެން ބޭނުމެއް ނޫން އިރުއިރުކޮޅާ ކައިވެނީގެ ވާހަަކަ ދައްކާކަށް. ކިތައް ފަހަރު ކިތައް ގޮތަށް އަހަރެން އަހަރެންގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކާނީ؟" ވަަރަށް ރުޅިދަވެފައި ޖޯން ނޫސްވެރިންނަށް ބުންޏެވެ.
އޭނާ އަދި ބުނީ ކަލޭމެން ދައްކާނެ ގޮތަކަަށް ވާހަކަ ދައްކަންވީ ކަމަށާއި އިތުރަށް ސާފުކޮށް ދޭނެ އެއްޗެއް އޮތް ކަމަށް ގަބޫލް ނުކުރާ ކަމަށެވެ.
"އަހަރެންގެ ކައިވެންޏާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންވާ ބަޔަކު އެ ބަޔަކު ބޭނުންވާ ގޮތަކަށް ވާހަކަ ދައްކަދައްކައި ތިބޭ،" ޖޯން، 42، ބުންޏެވެ. "ނުޖެހޭ އިތުރަކަށް އެއްވެސް ކަމެއް ސާފުކޮށް ދޭކަށް."