* ބޭނުންވާ ތަކެތި:
5 ކުކުޅު ބިސް
200 ގްރާމް އައިސިން ޝުގާ
15 ގްރާމް ޖެލެޓިން ޕައުޑާ
25 ގްރާމް ކޮކޯ ޕައުޑާ
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
250 އެމްއެލް ވިޕް ކްރީމް
1/2 ޖޯޑު ހޫނު ފެން
* ތައްޔާރު ކުރާނެ ގޮތް:
ހޫނު ފެނުފޮދުގައި ޖެލަޓިން ގިރާލުން. ދެން އެހެން ތައްޓެއްގައި ބިހާއި އައިސިން ޝުގާ 10 މިނިޓް ވަންްދެން ވަަރަށް ރަނގަޅަށް ގިރުން. އެއަށް ފަހު މީގެ ތެރެއަށް ޖެލަޓިން، ކޮކޯ ޕައުޑާ، ވެނީލާ އެސެންސާއި ވިޕް ކްރީމް އަޅައިގެން 15 މިނިޓް ވަންދެން ގިރުން.
ދެން އައިސް އަލަމާރި އަށް ލާފައި 35 މިނިޓް ވަންދެން ބެހެއްޓުން.
ނޯޓް: މިއީ ފޭސްބުކް "ރުމާ" ޕޭޖްގައި ހިމެނޭ ރެސިޕީއެކެވެ.