މިހާރު ފްރާންސުގައި ކުރިއަށްދާ ޔޫރޯ 2016 ގެ ގްރޫޕް އޭ ގެ ދެވަނަ މެޗު މިރޭ ކުޅެފައިވާ އިރު ސުވިޒަލޭންޑް އަދި އަލްބޭނިއާ ބައްދަލު ކުރި މިމެޗު 0-1 ގެ ނަތީޖާއަކުން ސްވިޒްލޭންޑް ކާމިޔާބުކޮށްފި އެވެ.
ރާއްޖެ ގަޑިން އިރުއޮއްސި 6:00 ގައި ކުޅުނު މިމެޗުގައި އެންމެ ގޯލެއް ފެނިގެންގޮސްފައިވާ އިރު އެ ގޯލު ވެސް ފެނިގެން ގޮސްފައި ވަނީ މެޗުގެ ވަރަށް ކުރީކޮޅުގަ އެވެ.
މެޗުގެ 4 ވަނަ މިނެޓުގައި މިގޯލު ޖަހާފައިވަނީ ކޯނަރަކުން އޭރިޔާތެރެއަށް ހުރަސް ކުރި ބޯޅައެއް ބޮލުން ވައްދާލައިގެން ސުވިޒަލެންޑުގެ ފަބިއަން ޝާ އެވެ.
ގޯލަށް ފަހު ދެ ޓީމުގެ ފަރާތުންވެސް މާ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ގޯލާ އަމާޒަށް ގިނަ ހަމަލާ ފޮނުވާފައި ވަނީ ސުވިޒަލެންޑުންނެވެ.
މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ 4 ޓީމު ކުޅޭ މެޗުތައް މިރޭ ކުޅޭނެ އެވެ.
ރާއްޖެ ގަޑިން 9:00 ގައި ވޭލްސް އަދި ސްލޮވޭކިއާ ބައްދަލުކުރާ އިރު މިރޭ ދަންވަރު 00:00 ގައި އިނގިރޭސިވިލާތް ރަޝިޔާ ދެކޮޅަށް ނިކުންނާނެ އެވެ.
މި މެ ޗުގެ ނުފެޝެނީސް ބައެއް އިނގިރޭސި ސަޕޯޓަރުންނާއި ރަޝިޔާ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުން ހިނގައި ފުލުހުން ގެ އެހީ ހޯދަން ޖެހިފައިވެ އެވެ.