ބޮލީވުޑްގައި ބައޯޕިކް ހެދުމުގެ ޓްރެންޑެއް ވެސް މިހާރު އޮތް، އިރު އެ ލިސްޓަށް އަނެއްކާ ވެސް ފިލްމެއް އިތުރުވެއްޖެ އެވެ.
މި ފަހަރުގެ ފިލްމަކީ އިންޑިއާގެ ހޮކީ ލެޖެންޑް ދިއާން ޗަންދްގެ ހަޔާތުގެ މަައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މި ފިލްމުގެ ވާހަކަ ދެކެވޭތާ މިހާރު ހަތަރު ވަރަކަށް އަހަރުވެއްޖެ އެވެ.
ފިލްމުގެ ރައިޓްސް ދިއާންގެ ދަރިފުޅު އަޝޯކް ދިއާން ޗަންދު ވަނީ ޕޫޖާ ޝެޓީ އާއި އާރްތީ ޝެޓީ އަށް ވިއްކާލައިފަ އެެވެ.
ކުރިން އަޑުތައް އަރާފައިވާ ގޮތުން އަލަށް ޑައިރެކްޝަނަށް ނިކުންނަ ރޯހިތު ޖެއިސިންގް ވައިދް ޑައިރެކްޓް ކުރާ ގޮތަށް އޮތް ދިއާންގެ ބައޯޕިކްގައި އޭނާގެ ރޯލް ކުޅޭނީ ޝާހްރުކް ހާނެވެ. އަދި ފިިލްމް ރަންބީރު ކަޕޫރަށް ވެސް ހުށަހެޅި ކަމަށްވެ އެވެ.
އެކަމަކު ބޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ޝެޓީގެ ދެބޭން މި ފިލްމް ހެދުމަށް ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަންގައި އެދުމުން، ފިލްމުގެ ލީޑް ރޯލަށް ޒުވާން ތަރި ވަރުން ދަވަން ވަނީ ހަމަޖައްސައިފަ އެވެ.
އަދި ދަރްމާ އާ ގުޅިގެން މި ފިލްމް ޕްރޮޑިއުސް ކުރުމަށް ކަރަން ވަނީ ފޮކްސް ސްޓާ ސްޓޫޑިއޯގައި ވެސް އެދިފަ އެވެ.
މިހާރު އަޑުތައް އިވޭ ގޮތުން ރޯހިތު މި ފިލްމް ޑައިރެކްޓް ކުރާކަށް ކަރަން ވެސް އަދި ފޮކްސް އިން ވެސް ބޭނުމެއް ނޫނެވެ.
އެ މީހުން ބޭނުން ވަނީ ތަޖުރިބާ ހުރި ޑައިރެކްޓަރެއް ލައްވައި ޑައިރެކްޓް ކުރުވާށެވެ.
މި މައްސަލާގައި ރޯހިތާއި ކަރަން އާއި އަދި ފޮކްސްގެ ތެރޭގައި ކޯޅުންތަކެއް އުފެދިފައިވާ ކަަމަށްވެ އެވެ.