ކަރަން ޖޯހަރްގެ ދަރްމާ އިން ރައިޓްސް ގަނެފައިވާ ސުބާޝް ގާއީހެ "ރާމް ލަކަން" ގެ ރިމެކިން ރޯހިތު ޝެޓީ ޑައިރެކްޓް ކުރާ ގޮތަށް ކުރިން ހަަމަޖެހިފައި އޮތް ނަމަވެސް އެ ފިލްމް ޑައިރެކްޓް ނުކުރާނެ ކަމަށް ރޯހިތު ބުނެފި އެވެ.
އަނިލް ކަޕޫރާއި ޖެކީ ޝްރޮފާއި ޑިމްޕަލް ކަޕާޑިއާ އަދި މަދޫރީ ޑިކްޝިޓް 1989 ވަނަ އަހަރު ލީޑް ރޯލް ކުޅެފައިވާ އެ ފިލްމުގެ ރައިޓްސް ކަރަން ގަތީ 2014 ވަނަ އެވެ.
އޭގެ ފަހުން ފިލްމުގެ ކާސްޓިން އާ ބެހޭ ގޮތުން ތަފާތު ގޮތް ގޮތަށް ވާހަކަ ދެކިވިފައިވެ އެވެ.
ހާއްސަކޮށް ރިމެކިންގައި އަނިލް އާއި ޖެކީގެ ރޯލް ކުޅޭނެ އެކްޓަރުންނާ ބެހޭ ގޮތުން ބޮޑު ބަހުސެއް ހިނގާފައިވެ އެވެ.
"ރާމް ލަކަން" ގެ ރިމެކިން ޑައިރެކްޓް ނުކުރާނެކަން ރޯހިތު ކަށަވަރުކޮށް ދިން ނަމަވެސް، ސަބަބެއް އޭނާ ނުބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ދަރްމާ އަށް "ރާމް ލަކަން" ގެ ބަދަލުގައި "ޗެންނައި އެކްސްޕްރެސް" ފަދަ ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ރޯހިތު ޑައިރެކްޓްކޮށް ދޭނީ އެހެން ފިލްމެކެވެ.
އަދި އެ ފިލްމާ ބެހޭ މައުލޫމާތު ކަރަން ވަރަށް އަވަަހަށް އިއުލާން ކުރާނެ އެވެ.
ރޯހިތު އެންމެ ފަހުން ޑައިރެކްޓް ކުރީ ޝާހްރުކް ހާނާއި ކާޖޮލް އަދ ވަރުން ދަވަން އާއި ކިރިތީ ސެނަން ލީޑް ރޯލުން ފެނިގެން ދިޔަ "ދިލްވާލޭ" އެވެ.
އެކަމަކު އެ ފިލްމަކީ ރޯހިތުގެ އެހެން ފިލްމުތައްހާ ކާމިޔާބު ފިލްމެއް ނޫނެވެ.