ދުވާލެއްގެ މައްޗަށް މަދުވެގެން 240 މިލިލީޓަރު ކްރޭންބެރީ ޖޫސް ބޯ ނަމަ ކުޑަަކަމުދިއުމަށް ދަތިވުމާއި ބަނޑުގެ މައްސަލަތަކަށް ފަރުވާ ލިބޭ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.
އިންޑިއާ އަށް އުފަން އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީގެ ޕްރޮފެސަރު ކަލްޕަނާ ގުޕްތާ އިސްކޮށް ހުރެގެން ހެދި ދިރާސާ ބުނާ ގޮތުން ހާއްސަކޮށް އަންހެނުން ދަށްބަނޑުގައި ރިއްސުމާއި ކުޑަކަމު ދިއުމަށް ދިމާވާ ހުރަސްތަކުން ސަލާމަތްވުމަށް ކްރޭންބެރީ ޖޫސް ވަރަށް ބޮޑަށް އެހީތެރިވެ އެވެ.
އެހެންވެ އެެ ޖޫސް ކޮންމެ ދުވަހަކު ބޯ ނަމަ ކިޑްނީ އާއި މައިދާ އަށް ދިމާވާ ތަފާތު މައްސަލަތަކަށް ޝިފާ ހޯދައިދެ އެވެ.
އެގޮތުން ގަވައިދުން ކޮންމެ ދުވަހަކު ކްރޭންބެރީ ޖޫސް ބޯ ނަމަ އެފަދަ މައްސަލަތަައް 40 ޕަސަންޓް ކުޑަކޮށްދެ އެވެ.
ކްރޭންބެރީން ޔުރިނަރީ ޓްރެކްޓް އިންފެކްޝަންސް (ޔޫޓީއައި) ގެ މައްސަލަތަަކަށް ފަރުވާއެއް ކަމަަށް ތަޖުރިބާކާރުން ބުނާ އިރު އެ މޭވާއަކީ ސިއްހީ ގޮތުން ވަރަށް ފައިދާ ހުރި ގިނަ މާއްދާތަކެއް އެކުލެވޭ މޭވާއެކެވެ.
ކްރޭންބެރީއަކީ ރާއްޖޭގައި ހައްދާ މޭވާއެއް ނޫން ނަމަވެސް، މި ބާވަތުގެ ތާޒާ މޭވާ އާއި ޖޫސް ރާއްޖޭގެ ބާޒާރުން ފަސޭހަކަމާ އެކު މިހާރު ލިބެން ހުރެ އެެވެ.
އެހެންވެ ކްރޭންބެރީ ޖޫހަކީ ވެސް ދިރިއުޅުމުގެ ބަޔަަކަށް ހެދޭތޯ ބަލާށެވެ.