ޔޫރޯ 2016 ގެ ނޮކް އައުޓް ސްޓޭޖު ކުރިއަށް ދާއިރު ކުޅުނު ފުރަތަމަ ދެ މެޗު ހަނިގޮތަކަށް ޕޮލެންޑާއި ވޭލްސް ކާމިޔާބުކޮށް ކުއާޓާ އަށް ދަތުރުކޮށްފިއެވެ.
ފުރަތަމަ މެޗުގައި ޕޮލެންޑާއި ސުވިޒަލޭންޑު ބައްދަލުކޮށް މެޗުގެ 90 މިނެޓު ހަމަވީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ. މެޗުގެ 39 ވަނަ މިނެޓުގައި ބްލެސިކޮވިސްކީ ވަނީ ގޯލު ޖަހައި ޕޮލެންޑަށް ލީޑު ނަގާދީފައެވެ.
ސުވިޒަލޭންޑުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން 10 މިނެޓަށް ވެފައިވަނިކޮށެވެ. ޝަޤީރީ ކާމިޔާބުކޮށްދިން އޯވާހެޑް ގޯލާއެކު މެޗުގެ 90 މިނެޓު އެއްވަރުވެގެން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މިވަގުތުގައިވެސް ކުޅެ ގޯލެއް ކާމިޔާބުނުކުރެވުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ.
5 ޕެންލްޓީ ދެޓީމުންވެސް ޖެހިއިރު ޕޮލެންޑުގެ 5 ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ސުވިޒަލޭންޑުން ޖެހި ދެވަނަ ޕެނަލްޓީ ޒަކާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާނުލެވިފައެވެ.
މިރޭގެ ދެވަނަ މެޗުގައި ވޭލްސް އަދި ނޮދާން އަޔަލޭންޑު ބައްދަލުކުރި މެޗު ވޭލްސް ވަނީ 0-1 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.
މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު 75 މިނެޓުގައި ވަދެފައިވަނީ ބޭލް އޭރިޔާ ތެރެއަށް ނަގާދިން ހުރަހެއް އަޔަލެންޑު ކުޅުންތެރިޔެއް ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެގެންނެވެ.