Last Updated: October 18, 05:52
Friday, October 18, 2024
ޚަބަރު

ސިފައިންގެ ވަޒީފާތަަކަށް ފުރުސަތު ހުުޅުވާލައިފި

ސިފައިންގެ ވަޒީފާ އަަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ފުރުސަތު ހުޅުވާލައިފައި ވަނީ ސަޕޯޓް ސާވިސް، ސްޕެޝަލް ފޯސަސް، މެރިން ކޯ، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، މިލިޓަރީ ޕޮލިސް، މެޑިކަލް ސާވިސް، ފަޔާ އެންޑް ރެސްކިއު ސާވިސްގެ އިތުރުން ކޯ އޮފް އިންޓެލިޖަންސް އަށް ކަމަށެވެ.

ސިފައިންގެ މި ވަޒީފާތަކަށް ކުރިމަތިލުމުގެ ޝަރުތަކީ އުމުރުން 18-25 އަހަރާ ދެމެދުގެ މީހަކަށް ވުމާއި، ޖީސީއީ އޯލެވަލް ފެންވަރު ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓުފިކެޓެއް އޮތުމާއި، ފިރިހެނެއް ނަމަ އެމީހެއްގެ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުރުމާއި، އަންހެނެއް ނަމަ ފަސް ފޫޓު ތިން އިންޗި ހުރުމެވެ.

އަދި ވަޒީފާތަކަށް ކުރިމަތިލާ މީހުންނަކީ ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ބަޔަކަށް ވެގެން ނުވާނެ ކަަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ސިފައިންގެ ވަޒީފާ އަދާ ކުރެވޭ ވަރުގެ ސިއްހަތެއްގައި ހުރި މީހެއް ކަމުގައިވުމާއި ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކަށް ވެސް ވެގެން ނުވާނެ އެމްއެންޑީއެފުން ބުންޏެވެ.

ވަޒީފާ އަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކަށް ފޯމް ދޫކުރަން ފަށަން ހަމަޖެހިފައި މި މަހުގެ

މި މަހުގެ ޖުލައި 17 އިން އޮގަސްޓް 4 ގެ ނިޔަލަށް ފޯމް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. ފޯމް ދޫކުރާނީ ޖުލައި 10-28 އާ އަށެވެ.

ފޯމް އޮގަސްޓް 4 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.