Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އައްޑޫގައި މި އަހަރު ތިބީ 1،109 ފަގީރުން

ފިތުރު ޒަކާތް ހައްގުވާ މީހުންގެ ގޮތުގައި މި އަހަރު އައްޑޫން ރަޖިސްޓްރީކޮށްފައި ވަނީ ޖުމްލަ 1،109 މީހުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ފިތުރު ޒަކާތުގެ ފައިސާ މިއަދު ވަނީ އައްޑޫގައި ދޫކުރަން ވެސް ފަށައިފަ އެވެ.

އައްޑޫގެ އެންމެ އާބާދީ ބޮޑު އަވަށް ހިތަދޫން ފަގީރުންގެ ގޮތުގައި މި އަހަރު ރަޖިސްޓްރީކޮށްފައި ވަނީ 538 މީހުންނެވެ. އެ އަދުން ބަލާ ނަމަ ބޮލަކަށް ޖެހެނީ 436ރ. އެވެ.

ފޭދޫން 88 މީހުން ރަޖިސްޓްރީކޮށްފައިވާ އިރު ބޮލަކަށް ޖެހެނީ 1،281.86ރ. އެވެ. މީދޫން 156 މީހުން ރަަޖިސްޓްރީކޮށްފައިވާ އިރު ބޮލަކަށް ޖެހުނީ 353.20ރ. އެވެ. ހުޅުދޫން ބޮލަކަށް 337.50ރ. ޖެހުނު އިރު އެ އަވަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރީ 141 މީހުންނެވެ.

މަރަދޫން 127 މީހުން ރަޖިސްޓްރީ ކުރި އިރު ބޮލަކަށް ޖެހުނީ 452.99ރ. އެވެ. އަދި މަރަދޫ ފޭދޫން ބޮލަކަށް ޖެހުނީ 529.89ރ. އެވެ. އެ އަވަށުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރީ 59 މީހުންނެވެ.