Last Updated: November 24, 21:27
Sunday, November 24, 2024
ޚަބަރު

އެންމެ އަލި ގަދަ ތަރި: ތާލިބަށް ތިން ވަނަ

ޓީވީއެމުން މި އަހަރު ގެނެސް ދިން "ދިވެހި ރާއްޖޭގެ އެންމެ އަލި ގަދަ ތަރި" ޕްރޮގްރާމް ރޭ ނިންމާލި އިރު، މުބާތާރުގެ ތިން ވަނަ މަރަދޫ އަބްދުﷲ ތާލިބް ހޯދައިފި އެވެ.

މުބާރާތުގެ އެއް ވަަނައަށް ދިޔައީ ށ ފޯކައިދޫ އާދަމް ނަސީމެވެ. ދެވަނަ ގެންދިޔައީ ހއ. އުތީމް އިބްރާހީމް އިމާޒެވެ.

އެއް ވަނަ ހޯދައިގެން ދިވެހި ރާއްޖޭގެ އެންމެ އަލިގަދަ ތަރިއަކަށް އާދަމް ނަސީމް ހޮވުމުން އޭނާއަށް ވަނީ މި މުބާރާތަށް ޕީއެސްއެމުން ހުށައަޅާފައިވާ ބައި މިލިއަން ރުފިޔާ ލިބިފަ އެވެ.

މީގެ އިތުރުން ރައީސް ހުށައަޅާފައިވާ އިނާމާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީން ހުށައަޅުއްވާފައިވާ އިނާމުގެ އިތުރުން ވެސް ހެޔޮއެދޭ ފަރާތްތަކުން ވަނީ މި މުބާރާތުގެ އެކި ވަނަތަކަށް އިނާމުތައް ހުށައަޅައިފަ އެވެ.

ޓީވީއެމުން އެންމެ ފުރަތަމަ މި މުބާރާތް 2013 ގައި ބޭއްވި އިރު، މުބާރާތުގެ އެއް ވަނަ ހޯދީ މަރަދޫފޭދޫ ހުސައިން ޒާހިރެވެ.