އައްޑޫގެ އަވަށްތަކުގައި ބެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލުން އައުޓް ޑޯ ޖިމް ސެޓާއި ބެންޗް ހޯދަން އިއުލާންކޮށްފި އެވެ
ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ އެ ތަކެތި ކޮންޓްރެކްޓް އުސޫލުން ކައުންސިލަށް ހޯދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 18 ގެ ކުރިންނެވެ.
މިކަމާ ބެހޭ ގޮތުން މި މަހުގެ 11 ވަނަ ދުވަހު ކައުންސިލް އިދާރާގައި މައުލޫމާތު ދިނުން އޮންނާނެ އެވެ. އެކަން އޮންނާނީ ހެނދުނު 11:00 ގަ އެވެ.
ކައުންސިލުން ބުނީ މައުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވާ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އެ ސެޝަންތަކުގައި ބައިވެރި ނުވެވޭނެ ކަމަށެވެ.